ދިވެހި އަންހެން ޕައިލެޓަކު މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އުމުރުން 33 އަހަރުގެ ޕައިލެޓެކެވެ. އަދި މި އަންހެން މީހާ ވަނީ މަސްތުތާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. އެހެންނަމަވެސް މި އަންހެންމީހާގެ ހައްޔަރުގެ މުއްދަތަށް 15 ދުވަސް ތަހުގީގަށް ދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާ އަކީ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ. އަދި މީނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ވަނީ ފެނިފައެވެ. މިއީ ޕައިލެޓެއްކަން އިތުބާރު ހުރި މަސްދަރަކުން ކަށަވަރު ކޮށްދީފައިވާ ކަމަށް ސީއެންއެމް އިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެނޫހުން ބުނެފައިވާ ގޮތުގައި މިއީ ކޮންތަނެއްގައި މަސައްކަތް ކުރާ ޕައިލެޓެއް ކަމަށް އަދި ސާފުވެފައެއް ނުވެއެވެ.
މަސްތުވާތަކެތި ޓްރެފިކިންގެ މައްސަލަތަކުގައި ފަހަކަށް އައިސް މީހުން ހައްޔަރު ކުރެވެމުން ދާއިރު ދާދި ފަހުން ރާއްޖެއިން ބޭރުން ދިރުވާލައިގެން މަސްތުވާތަކެތި ގެނައި މައްސަލަ އެއްގައި މީހަކު ހައްޔަރު ކޮށްފައެވެ. އެ ބިދޭސީ މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބުލެޓު ފެނިފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.