1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭން ނޮމެމްބަރު މަހު އިއުލާން ކުރާނަން: ރައީސް

ގައުމީ އިނާމް ދިނުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
މަރިޔަމް އަފީފާ
555ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭން މި އަހަރުގެ ނޮވެމްބަރު މަހު އިއުލާންކުރައްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕްލޭންގެ ފުރަތަމަ ޑްރާފްޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕްލޭން އެއްކޮށް ފައިނަލްކޮށް އިޢުލާންކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާސްޓަރ ޕްލޭން ފައިނަލްކުރުމުގެ ކުރިން ގިނަ މުއައްސަސާތަކާއި އެކި ފަރާތްތައް ހިމެނޭގޮތަށް ފުޅާ ދާއިރާއެއްގައި "ވެލިޑޭޝަން ވޯކްޝޮޕެއް" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

300 × 250

ސަރުކާރުގެ މެނިފެސްޓޯގައި ހުރި ވަރަށް ގިނަ ކަންކަމަކީ މި މާސްޓަރ ޕްލޭންގެ ތެރޭގައި ހިމެނޭ ކަންކަން ފާހަގަކުރައްވާ، 17 ނޮވެމްބަރު 2023 އިން ފެށިގެން ސަރުކާރުން އިޢުލާންކޮށްފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރެވެމުންދަނީ އެ ޕްލޭންގެ ދަށުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި 20 އަހަރުގެ މާސްޓަރ ޕްލޭންގެ އަސާސީ އަމާޒަކީ 2040 އާ ހަމައަށް ދާއިރު ރާއްޖޭގެ ޖީޑީޕީ އިތުރުކޮށް، ތަރައްޤީވެފައިވާ ޤައުމުތަކުގެ ސްޓޭޓަސްއަށް ރާއްޖެ ގެންދިއުން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއާއެކު، އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގެ އިތުރުން، ޤައުމުގެ ހިންގުމުގެ ނިޒާމަށާއި ޑިމޮކްރަސީއަށް އަންނަންޖެހޭ މިންގަނޑުތައް ހާސިލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ވިލުންތެރި ރާއްޖެ 2045" ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ވަނީ ދިވެހި ކޮންސަލްޓަންސީ ކުންފުންޏެއް ކަމުގައިވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރާ ޓީމުން، އާންމުންގެ ޚިޔާލު ހޯދުމަށް މިހާރު ވަނީ ރަށްރަށައް ދަތުރުތައް ފަށާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި