1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރަން މަޖުބޫރުވަނީ

sasq
މުހައްމަދު އަޚްތަރު
1,000ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުމަށް މަޖުބޫރު ވާނެއެވެ. ޓެކްސީ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޓެކްސީގައި ހަރުކޮށްފައި ހުންނަަ ޑޭޝް ކެމެރާގެ ރެކޯޑިން މަދުވެގެން 7 ދުވަހަށް ބަހައްޓަން ޖެހޭ ގޮތަށް ލާޒިމު ކުރާ ޓެކްސީ ގަވާއިދެއް ހަމަޖައްސާފައިވަނީ މިދިޔަ އަހަރު އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 23 ވަނަ ދުވަހު ގެޒެޓްކުރި ގަވާއިދުގައި ޓެކްސީ ކުރާ ކޮންމެ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓާއި ޓެކްސީ ޑްރައިވަރުގެ ލައިސަންސް ދަތުރު ކުރާ ފަރާތަށް ފެންނަ ގޮތަށް ހުންނަން ޖެހޭނެ އެވެ. އަދިވެސް ކާރުތައް ސާފު ވާން ޖެހޭނެއެވެ. ހަމައެއާއެކު އޭސީގެ ހިދުމަތް ލިބެން ޖެހޭނެ ކަމަށާއި ހާލަތަކުންވެސް އޭސީގެ މައްސަލައެއް އުޅޭނަމަ ދަތުރުވެރިންނަށް އަންގަން ޖެހޭނެ ކަމަށްވެެއެވެ. އެފަދަ ހާލަތެއްގައި ޓެކްސީގެ ދޮރުތައް ހުޅުވަން ޖެހޭނެއެވެ.

ދަތުރެއް ކުރަމުންދާއިރު، ކުރަމުންދާ އެއް ދަތުރުގެ މައްޗަށް އަނެއް ދަތުރު ނެގުންވެސް ގަވާއިދުގައި މަނާކޮށްފައިވާ މި ގަވާާއިދުގައި ބުނާ ގޮތުން އެކަކު ނޫނީ އެއްދަތުރަކުން ނަގާ އެއްބަޔަކުގެ ދަތުރުގެ ތެރެއިން އިތުރު ފަސިންޖަރެއް އަރުވައިގެން ދަތުރުކުރުމަކީ މަނާކަމެކެވެ.

300 × 250

އިސްލާހު ބަދަލު ގެނެވުނު މި ގަވާއިދުގައި “ޕްރައިވެޓް ހަޔާ” ގެ ހިދުމަތް ދިނުމުގެ ބައިތަކެވެ. މިއީ ޓެކްސީ ސެންޓަރާ ނުލައި މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.

ގެޒެޓު ކުރާ ދުވަހުން ފެށިގެން ހަމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެން ގަވާއިދަށ އަމަލު ކުރަން ޖެހޭއިރު ހަ މަސް ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ.

މި ގަވާއިދާ ހިލާފުވާ ޓެކްސީ ޑްރައިވަރުން ޖޫރިމަނާކުރާނެއެވެ. އަދި އެ ފަރާތެއްގެ ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި