ފިކުރެއްގެ ދިރުން ޓީމުގެ ފަރާތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންގެ ގޮތުގައި ހުވަދުއަތޮޅުގެ ކުރީގެ ދެ މެންބަރަކު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުން” ޓީމުގެ ފަރާތުން ގާސިމް އަރިހަށް ގދ ގެ ކުރީގެ މެންބަރުން

ނަޝީދުގެ މަންދޫބުންގެ ގޮތުގައި ގާސިމްއާ ބައްދަލުކުރެއްވީ ގދ. އަތޮޅުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝާދު ހުސެއިނާއި ގދ މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމެވެ. މި ބައްދަލުވުން ބޭއްވުނީ ސަން އައިލެންޑް ރިސޯޓުގައެވެ.
ނަޝީދުގެ ފެކްޝަނުން ގާސިމްއާ ބައްދަލުކުރައްވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުންވެސް ގާސިމްއާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. ސަން އައިލެންޑް ރިސޯޓުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހިމް ސޯލިހުގެ މަންދޫބުންގެ ގޮތުގައި ގާސިމާ ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސުގެ ކޮއްކޮ އަލީ ނިޔާޒެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުން ނަމުގައި، ރައީސް ސޯލިހާއި ދެކޮޅަށް ސިޔާސީ ހަރަކާތެއް ހިންގަވަމުންނެވެ. އަދި ދާދިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބަކީ ޖޭޕީއަށް ވެރިކަން ލިބުން ގާތް އިންތިހާބެއްކަމަށާއި މިއީ ގާސިމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްވެސް އަދި ކޯލިޝަނަކާއިއެކު އިންތިހާބަށް ނިކުތުމަށްވެސް ގާސިމް އަދި ނިންމަވާފައިވާކަން އެއްވެސް ގޮތަކަށް ހާމަ ނުކުރައްވައެވެ. މި ހަފްތާގެ ބަންދުގައި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގުރެސް ނިމިގެންދާއިރު ރިޔާސީ އިންތިހާބަށް އެޕާޓީން ނިކުންނާނެގޮތެއް ސާފުވާނެކަމަށް ބެލެވެއެވެ.






ޚިޔާލު (1)
ފެއިލްވެގޮހޯ ތެއި ދެވެނެ ލައިގެން ވެންނެއި ކައިކެ ނޯންނެއި