ތިނަދޫ ކުނި ގޮނޑަށް އުކާލާފައިވާ ކުނީގެ ތެރޭގައި ލެބޯޓަރީ އަކަށް ޑޮނޭޓް ކޮއްފައިވާ ލޭ ޕެކެޓެއް އޮއްވާ ފެނިއްޖެއެވެ.
އިއްޔެ ހަވީރު ގދ ތިނަދޫ ކުނިގޮނޑަށް އުކާލެވިފައިވާ ކުނިތަކުގެ ތެރެއިން ފެނިފައިވާ މިލޭ ޕެކެޓަކީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައި ދިވެއްސެއްގެ ގައިން ނަގާފައިވާ ލޭކަން އަދި އެ މީހާގެ ބައެއް މައުލޫމާތު އެ ޕަކެޓުގެ ބޭރުގައިވާ ލިޔުމުން ހާމަވެއެވެ.
އިއްޔެގެ ހަވީރު ތިނަދޫ ކުނިގޮނޑަށް ދިޔަ ބަޔަކަށް އެތަނުގައި ހުރި ކުނީގެ ތެރެއިން ފެނުނު މި ލޭ ޕެކެޓުގެ އިތުރުން ބޭނުންކޮށްފައިވާ ގިނައަދަދެއްގެ ސިރިންޖުތަކާއި ޑިސްޕޯސަބަލް އަންގިތަކާއި ހޮސްޕިޓަލެއްގެ ލެބޯޓްރީއެއްގައި ބޭނުންކުރާފަދަ ބައެއް ސާމާނުތައް ވަނީ ފެނިފައެވެ. މި މަޢުލޫމާތު ލިބުމުން ހުވަދޫ ގެ ނޫސްވެރިން ވަނީ އެ އީ ތެދެއްތޯ ކަށަވަރު ކުރުމަށް އެ ތަނަށް ގޮސް ބަލާފައެވެ.










ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.