1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖަމްއިއްޔަތުއް ސަލަފުން އިދިކޮޅާ ބައްދަލުކުރުމުން އަދާލަތު ޕާޓީ އިން ނުރުހުން ފާޅުކޮށްފި

viber_image_2023-03-01_12-18-38-996
މުހައްމަދު އަޚްތަރު
438ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޖަމްއިއްޔަތުއް ސަލަފުގެ އިލްމުވެރިންނާއި އިދިކޮޅު އިއްތިހާދުގެ ލީޑަރުންނާ ބައްދަލުކުރެއްވުމުން އަދާލަތު ޕާޓީން ވަރަށް ބޮޑަށް ނުރުހި އެ ޖަމްއިއްޔާއަށް ފިޔަވަޅުއެޅުމަށް ގޮވައިލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕުގެ ބޭފުޅުން ޖަމްއިއްޔަތުއްސަލަފާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ކުރެއްވި ޓުވީޓުތަކެއްގައި ޖަމްއިއްޔަތުއް ސަލަފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އޭނާ ޓްވީޓް ކުރައްވާފައިވަނީ ސަލަފު ޖަމްއިއްޔާއަކީ ކުރިއަށް ނިކުމެ ފާޅުގައި ސިޔާސީ މަސައްކަތްކުރަން ނުކެރުނު ބަޔަކު ފިލައި ތިބެ ސިޔާސީ މަސައްކަތްކުރަން ހެދި ޖަމާއަތެއް ކަމަށެވެ. އަދި އެކަން ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިންގެ ބައިވެރިވުމާއެކު ހިނގުމަކީ ހިތާމައެއް ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

300 × 250

އަދި ނަޒީރު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކާއެކު އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކޮށް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަންނަންވާނީ އިލެކްޝަންސް އެމްވީގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ކަމަށާއި އިސްލާމީ ދައުވަތަށް ޚާލިސް ޖަމްއިއްޔާތައް ހިންގަންވާނީ ޤާނޫނުގެ ތަރަހައިގެ ތެރެއިންކަމަށެވެ. އޭގެ އިތުރަށް ނަޒީރުވަނީ ޤާނޫނުގެ އިމުން ބޭރުވާ ޖަމްއިއްޔާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓަރާ ނަސޭހަތްތެރިވެ އެކަން ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވެ ޖަމްއިއްޔަތުއް ސަލަފަށް ފިޔަވަޅުއަޅަން ގޮވައިލައްވާފައެވެ.

ޖަމްއިއްޔަތުއް ސަލަފަކީ ރާއްޖޭގައި ހަރަކާތްތެރިވާ ދައުވަތުގެ ޖަމްއިއްޔާތަކުގެ ތެރެއިން އެންމެ ގިނަ އިލްމުވެރިން އެ ޖަމްއިއްޔާއެއްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ ދީނީ އިލްމުވެރިން ގިނަ އެއް ޖަމްއިއްޔާއެވެ. ޖަމްއިއްޔަތުއް ސަލަފުން ބުނެފައިވަނީ މީގެ ކުރިން ފެބްރުއަރީ މަހުގެ ކުރީ ކޮޅުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީން އެދިގެން އެ ޕާޓީގެ ބޭފުޅުންނާވެސް އެ ޖަމްއިއްޔާއިން ބައްދަލުކުރި ކަމަށެވެ.

ރާއްޖޭގެ އެންމެ ގިނަ އިލްމުވެރިން ތިއްބަވާ އިލްމުވެރިންގެ އިއްތިހާދުގައި ނެގި ޕޯލެއްގައި ބައިވެރިވެވަޑައިގެންނެވި އިލްމުވެރިންގެ 80 އިންސައްތަ ބޭފުޅުން ވަނީ އަދާލަތު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމުމާ ގުޅިގެން ތާއީދުނުކުރައްވާކަން ވޯޓް ދެއްވާފައެވެ. އަދި އެ ޕޯލްގެ ނަތީޖާއަށް ފަހު އަދާލަތުގެ ލީޑަރުން ގެންދަވަނީ ނުސީދާކޮށް ސަލަފަށް ރައްދުދެއްވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި