1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޚިދުމަތް އަދި ވީޓް ޖަމިއްޔާ ގުޅިގެން ސިޔާމާގެ އާއިލާ އަށް އެހީތެރިކަން ދޭން ފަށައިފި

viber_image_2023-03-01_14-45-05-306
މުހައްމަދު އަޚްތަރު
916ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކެންސަރު ބަލީގައި ފަރުވާ ހޯދުމަށްދާ ގދ ތިނަދޫ ސްލިޕް ސިޔާމާ ޒަރީރު ގެ އާއިލާ ދިރިއުޅޭ ނިކަމެތި ޙާލަތަށް އެހީވުމުގެ ގޮތުން, މާލޭގައި ޙަރަކާތްތެރިވާ ޚިދުމަތް އަދި ތިނަދޫ ވިމެންސް އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ (ވީޓް) ޖަމިއްޔާ ގުޅިގެން އެ ޢާއިލާއަށް 1 މަސްދުވަހުގެ ކާނާ ފޯރު ކޮށްދީ، އެހީ ވާން ފަށައިފިއެވެ.

ފަޤީރު ދިރިއުޅުމެއް އުޅެންދާ އެ އާއިލާއަށް މިވަގުތު އެ ޖަމްޢިއްޔާ ތަކުން ވެދީފައި ވަނީ އެންމެ ޒަރޫރީ ތަކެއްޗެވެ. އޭގެ އިތުރުން ގެޔާ ގޯތި ސާފު ކޮށް ރީތި ކުރުމުގެ މަސައްކަތް ވެސް, މީގެ ކުރިން ތިނަދޫ މުރާލި ކަނބަލުންގެ ނަމުގައި ހަރަކާތްތެރިވި އަދި މިހާރު ވީޓް ނަމުގައި ހިނގަމުން ދާ ޖަމްޢިއްޔާ އިން ވަނީ ކޮށްދީފައެވެ.

viber_image_2023-03-01_14-45-31-171

300 × 250

ޚިދުމަތް ޖަމިއްޔާ އިން "ހުވަދޫ" ނޫހަށް މައުލޫމާތު ދެމުން ބުނީ މިވަގުތު އެހީ ފޯރުވާފައި ވަނީ އަވަސް އެހީއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ގޭގެ ހާލަތު ބެލުމަށްފަހު އެފަރާތަށް ވިސްނުނު ގޮތުގައި މިއަދު ހަމައެކަނި އެހީތެރިކަމެއް ދީގެން ނިންމާލެވޭ ވަރަށް ވުރެ މި ޢާއިލާގެ ހާލަތު މާ ނިކަމެތި ކަމުން އިތުރު އެހީ އާއި މެދު ވިސްނަމުން ދާ ކަމަށެވެ.

ހުވަދޫ ނޫޙުގައިhttps:.6/ "ކެންސަރު ބަލީގައި ފައި ބުރިކޮށްލުން،  ފަޤީރު ދިރިއުޅުން ބަނަވެ އެހީ އަށް ބޭނުން ވެފައި."

viber_image_2023-03-01_14-45-31-063

މި ސުރުޚީ ގެ ދަށުން ހުވަދޫ ނޫހުގައި ޝާއިޢު ކުރި ލިޔުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެތައް ހާސް ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި ސިޔާމާ އާއި އޭނާގެ އާއިލާ އަށް ވަނީ އެކި ގޮތްގޮތުން ދީލަތި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި