1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިޔޯރީ ކައުންސިލް ގެ ޤުރުއާން މުބާރާތް މިފަހަރުވެސް ފޭސް ޖަމްޢިއްޔާ އިން

tio
ފިޔޯރީގެ ރައީސް ފައިޒަރު ރަޝީދު "ފޭސް ޖަމްއިއްޔާ"އާ މުބާރާތުގެ އެއްބަސްވުން ހަވާލު ކުރައްވަނީ:ފިޔޯރީ ކައުންސިލް
މުހައްމަދު އަޚްތަރު
368ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ފިޔޯރީ ކައުންސިލް ގެ މި އަހަރުގެ ރަމަޟާން މަހުގެ ޤުރުއާން މުބާރާތް އިންތިޒާމް ކޮށް ހިނގާ ދޭނެ ޖަމިއްޔާ އަކީ މިފަހަރުވެސް ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޕަވަރމެންޓް (ފޭސް) ކަމަށް އިޢުލާންކޮށް, މުބާރާތް ހިންގަން އެ ޖަމްޢިއްޔާ އާއި ޙަވާލު ކޮއްފިއެވެ.

މި މުބާރާތަކީ 4 ވަނަ ދައުރުގެ ކައުންސިލް އިންތިހާބު ވުމާއެކު ކޮންމެ އަހަރަކު ރޯދަމަހު ބޭއްވުމައް ނިންމާފައިވާ ޤުރުޢާން މުބާރާތެކެވެ. މުބާރަތް ކުރިއަށް ގެންދަނީ ފިޔޯރީ ކުލަބް ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލާއިގެން އިއުލާން ކުރެވި، ހުށަ ހެޅޭ އެންމެ ރަނގަޅު ޕްރޮޕޯސެލެއް ހުށަހަޅާ ކުލަބް ޖަމިއްޔާ މެދުވެރިކޮށް މުބާރަތް ހިންގާ ގޮތަށެވެ.

މިގޮތުން 1444 ވަނަ އަހަރު ރަމަޟާން މަހު ޤުރުއާން މުބާރާތް ބޭއްވުމަށް ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެންޕަވަރމެންޓާއި އެކު އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއި ކުރެވިފައެވެ.

300 × 250

fioފޭސް: ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވާރމަންޓް

މިއަހަރުގެ މުބާރާތަށް ކައުންސިލުން -/50،000 ޚަރަދު ކުރުމަށް ނިންމާފައިވާ އިރު މިދިޔަ އަހަރުވެސް މި މުބާރާތައް 40 ހާސް ރުފިޔާ ވަނީ ކައުންސިލުން ޚަރަދު ކޮށްފައެވެ.
ފިޔޯރީގެ ދަރިވަރުންނާއި ރައްޔިތުންގެ ހިއްތަކުގައި ކީރިތި ޤްރުޢާނަށް ލޯބި ޖެއްސުވުމުގެ މަޤުސަދުގަ ހިންގަމުންދާ މުބާރާތުގެ ނަމަކީ "ފިޔޯރީ ކައުންސިލް ފޭސް ޤްރުއާން މުބާރާތް 1443" އެވެ.

fio2މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން

ހުވަދޫ ނޫހުން މައުލޫމާތު ދެއްވަމުން ފިޔޯރީގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ދެދުވަހެއްވަރުގެ ތެރޭގަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި މި މުބާރާތަކީ ރަށުގެ ކުދިންނާއި ރައްޔިތުންނަށް އަމާޒު ކޮއްގެން ހިންގާ މުބާރާތެއް ކަމުން މިދިޔަ އަހަރު މި މުބާރަތް ހިންގީ ރަށުގެ ތިން އަވަށު ތަމްސީލު ކުރެވޭ ގޮތައް ބައިވެރިން ހިމަނައިގެން ކަމަށާއި އޭގެ ބޭނުމަކީ ރަށުގެ ނެތެމުންދާ އަވަށު ރޫޚު އާލާ ކުރުން ކަމަށެވެ. އަދި އެކަމުގެ ނަތީޖާ މިދިޔަ އަހަރު އަވަށުތަކުން ވަރައް ފުރިހަމަ އަށް ވަނީ ފެނިގެން ގޮސފައި ކަމަށް ވެސް ރައީސް ފައިޒަރު ވިދާޅުވިއެވެ.

"އަވަށުގެ ރޫޚު ވަރައްރަގަޅައް ފެނިގެންދިޔަ ފޯރި ގަދަ މުބާރާތެއް ފެނުނީ.. އެއާ އެކު މިއަހަރުވެސް އަދި ވިސްނުން ހުރި އެގޮތައް ކަމަށް ކުރިއްށް ގެންދަން" ގދ ފިޔޯރީ ކައުންސިލުން ކުރިޔަށް ގެންދާ ޤުރުއާން މުބާރާތާ ބެހޭ ގޮތުން ކައުންސިލް ރައީސް ފައިޒަރު ރަޝީދު ވިދާޅުވިއެވެ.ރައީސް ވިދާޅުވީ މިގޮތައް ޖަމިއްޔާ ޖަމާޢަތް މެދުވެރި ކޮށް ކަން ކުރަނީ ޖަމިއްޔާ ޖަމާޢަތްތައް ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ކޮއްމެހެންވެސް މުހިއްމު ބައެއްކަމަށް ދެކޭތީ އެފަރާތްތައް މަލީ އެހީތެރިކަން ފޯރުކޮއްދީ ހަރަކާތްތައް ހިންގުވާ ރަށުގެ ބާރުގަދަ ބަޔަކަށް ހެދުން ކަމަށެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހު ކުރިޔަށް ގެންދިޔަ ފިޔޯރީ ކައުންސިލް ފޭސް ޤްރުއާން މުބާރާތް 1442" އަށް ވެސް ވަނީ ވަރަށް ބޮޑު ތަރުތީބެއް ލިބިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި