1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްޕީއެލްއާ "ސީ-ޓު-އެއަރ ކާގޯ" ގެ އޭޖެންޓުން އަދި ފްރައިޓް ފޯވަރޑަރުންނާއެކު މަޝްވަރާކޮށްފި

އެމްޕީއެލްއާ ސްޓޭކް ހޯލްޑަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. —- ފޮޓޯ: އެމްޕީއެލް
މަރިޔަމް އަފީފާ
320ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޝިޕިންގ އޭޖެންޓުންނާއި، "ސީ-ޓު-އެއަރ ކާގޯ" ގެ ޚިދުމަތްދޭ އެއަރލައިން އޭޖެންޓުން އަދި ފްރައިޓް ފޯވަރޑަރުންނާއެކު މަޝްވަރާކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބަނދަރު ބަދަލުކުރުމުގެ މަސައްކަތުގައި އޮޕަރޭޝަނަލް ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކުގެ ތަޖުރިބާއާއި ޚިޔާލު ހޯދުން ކަމަށް އެމްޕީއެލްއިން މައުލޫމާތު ދީފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިންވަނީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅިގެން އޮޕަރޭޝަނަލް ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ޚިޔާލުތަކެއް އެމް.ޕީ.އެލް އާއި ހިއްސާކޮށްފައެވެ.

300 × 250

ސިލްސިލާކޮށް ކުރިއަށްދާ މި މަޝްވަރާތަކުގެ ދަށުން އެމްޕީއެލްއިން މީގެ ކުރިން ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާވެސް ބައްދަލުކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ.

ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ބަނދަރު ހުޅުވަން ސަރުކާރުން އަމާޒުހިފާފައިވާއިރު، ބަނދަރު ވެގެންދާނީ، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި