ގދ.މަޑަވެލި ޕޮލިސް ސްޓޭޝަންގެ ފަރާތުން މަޑަވެލި ސްކޫލްގެ ޓްރެފިކް މޮނިޓަރސް މޯޓިވޭޓް ކުރުމަށްޓަކައި ސްކޫލް ދަރިވަރުންނާއެކު އެކު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން މަޑަވެލީ ސްކޫލް ގެ ޓްރެފިކް މޮނިޓަރސް ކޯޑިނޭޓާރސް އައިޝަތު ޝަވްފާ މުހައްމަދު ވަޙީދު ވިދާޅުވީ ނިމިގެން ދިޔަ ޕްރޮގްރާމް ގައި ކުދިންގެ އަޙްލާގް ވަކިމިންގަނޑެއްގައި ހިފެހެއްޓުމާއި، ޓްރެފިކް މޮނިޓަރސް ގޮތުގައި ހަރަކާތްތެރިވާ ކުދިންނަކީ އެހެންކުދިންނަށް ނަމޫނާ ކުދިންނަށް ވުމަށްޓަކައި، ކުރެވިދާނެ ބައެއް ކަންކަމާއި، ކަންކަމާއި ކުރިމަތިލުމާއި، ރީތިބަހުން މުޢާމަލާތްކުރުމުގެ ހުނަރުތަކާއި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވިދާނެ ބައެއްކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެވުނު ކަމަށެވެ.
މި ޕްރޮގްރާމް ގައި މަޑަވެލި ސްކޫލްގެ ޓްރެފިން މޮނިޓަރސް ގޮތުގައި ހަރަކާތްތެރިވަމުންދާ 23 ކުދިންނާއި، ކޯޑިނޭޓާރސް ގޮތުގައި ހަރަކާތްތެރިވަމުންދާ މަޑަވެލި ސްކޫލގެ 5 ކޯޑިނޭޓަރުން ބައިވެރިވެފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.