ގދ ތިނަދޫގައި އަންހެން ކަނބަލުން އިސްވެ ތިބެ ހިނގާ ޖަމްޢިއްޔާ އެއް ކަމުގައިވާ ވިމެންސް އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ (ވީޓް) ގެ ފަރާތުން މި އަހަރުގެ ރަމަޟާން މަހުގައި "ކަހުފް ސޫރަތް ހިތުދަސްކުރަމާ" ނަމުގައި އަންހެނުންނަށް ޚާއްސަ ކޮށް ތަފާތު ޕްރޮގްރާމެއް ހިންގުމަށް އިޢުލާނު ކޮއްފިއެވެ.
މި ޕްރޮގްރާމުގެ މައިގަޑު މަޤަޞަދަކީ ކަނބަލުންގެ ހިތްތަކުގައި ޤުރު އާނުގެ މިންވަރެއް ހިތުދަސްކުރުމަށް ހިއްވަރު ދިނުން ކަމަށް އެ ޖަމްޢިއްޔާ އިން ބުނެއެވެ.
ޕްރޮގްރާމް ކުރިއަށް ދާނެ ގޮތާ ބެހޭ ގޮތުން ހުވަދޫ އަށް މަޢުލޫމާތު ދެމުން ވީޓް ޖަމްޢިއްޔާ އިން ބުނީ ސޫރަތް ދަސްކުރުމަށްފަހު ކިޔުއްވުމަށްވަނީ ހަމަޖެހިފައި ކަމަށާއި . މިގޮތުން ރަމަ ޟާން މަހުގެ 3 ދިހަށް ބަހާލައިގެން
ކިޔުއްވައި ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފަކަނަށެވެ. އެގޮތުން ޓެސްޓްކުރުމަށް ހަމަޖެހިފައިވަނީ 3 މެމްބަރުން ހިމެނޭ ޖަޖުންގެ ޕެނަލަކުން ކަމަށާއި ސޫރަތް ފަށައިގެން ނިމެންދެ ން ކިޔުއްވަން ޖެހޭނެ ކަމަށް އެ ޖަމްޢިއްޔާ އިން ބުނެ އެވެ އިތުރަށް މައުލޫމާތު ދެމުން ބުނީ ސޫރަތް ދަސްވިކަމަށް ބެލެވޭނީ ސޫރަތް ކިޔުމުގަ އި އެންމެ ގިނަވެގެން
3 ކުށް ޖެހުނުކަމުގައި ވިޔަސް އަމިއްލައަށް ރަގަޅުކޮށްގެން ކިޔަން އެނގުމުން ކަމަށެވެ .
ވީޓް ގެ ރޯދަ ޚާއްޞަ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އިނާމް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކަހުފް ސޫރަތް ހިތުން ކިޔަވާ ކޮންމެ ފަރާތަކަށް 500 އަށް ވުރެ މަދު ނުވާ ފައިސާ ގެ އިނާމް ގެ އިތުރުން ހަނދާނީލިޔުމާއި ޓުރޮފީ ދެވޭނެ އެވެ.
ވީޓް މި ޕްރޮގްރާމް އަށް ތައްޔާރު ވަމުން ދާއިރު އެ ޖަމްޢިއްޔާ އިން ވަނީ މި ޕްރޮގްރާމް ގައި އެހީވެ ސްޕޮންސަރ ގޮތުގައި ވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.
އިތުރު މައުލޫމާތު
7890807
weatngo@gmail.com
ވީޓް, ޖަމްޢިއްޔާ އެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމުގެ ކުރިން މުރާލި ކަނބަލުންގެ ފަރާތުން ވަނީ ގދ ތިނަދޫ ޑަބްލިއު ޑީ ސީ އާއި ނޯވާ ޓެކް ގެ އެހީގައި މި ޕްރޮގްރާމް ފަށާފައެވެ. އެގޮތުން ނިމި ދިޔަ ރަމަޟާން މަހު ވަނީ 26 ފަރާތެއްގެ މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައެވެ.
ކަނބަލުންނަށް ފުރުޞަތު ހުޅުވާލި ކަމުގައި ވިޔަސް ކޮންމެ ޖިންސެއްގެ ކޮންމެ އުމުރުފުރައެއްގެ ބޭފުޅަކަށްވެސް ބައިވެރި ވެވޭނެ ކަމަށް ވިމެންސް އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ އިން ހާމަ ކުރެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.