"ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް" ގެ ތިން ވަނަ ބެޗް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން މާފުށީ ޖަލުގައި ހޯމަ ދުވަހު ފެށި މި ކޯސް އިފްތިތާހުކޮށްދެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ޑިރެކްޓަރ، ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާންއެވެ.

33 ބައިވެރިންނާ އެކު ފެށި މި ކޯހުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ހުނަރު ދަސްކޮށްދިނުމެވެ. މިއީ އެ ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ ކޯހުގައި ހަތަރު މޮޑިއުލްއަށް ކިޔަވައިދޭއިރު، ކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 01 ގެ ސަނަދު ފެންވަރަށް ފަރުމާކޮށްފައިވާ ކޯހެކެވެ.