ގދ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަޤާމަށް ގްރޭލައިޓް، ލ.މާމެންދޫ، އަލްއުސްތާޛު މުޙައްމަދު ފަޒީޙު އައްޔަން ކޮށްފިއެވެ. ޖޭއެސްސީން ވިދާޅުވީ، އަލްއުސްތާޛު މުޙައްމަދު ފަޒީޙު މިމަޤާމަށް އައްޔަންކޮށްފައިވަނީ ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން 2022 އޮގަސްޓް 22 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު (IUL)195-C/195/2022/17 އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާތީ ކަމަށެވެ. މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއިން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ ހާސިލްކުރައްވައިގެން ހުންނެވި އަލްއުސްތާޛު މުޙައްމަދު ފަޒީހު މިވަގުތު ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ގދ. ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގައި އެވެ. އެމަނިކުފާނު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ 2023 މާރިޗު 13ވާ ހޯމަ ދުވަހުކަމަށް ޖޭއެސްސީން ވަނީ ވިދާޅުވިއެވެ.
އަލްއުސްތާޛު މުޙައްމަދު ފަޒީހު: ފަރެސްމާތޮޑާ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަޤާމަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.