ބަައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދާންދޫ ކައުންސިލާއި ކައުންސިލްގެ ހުރިހާ މުވައްޒަފުން ގުޅިގެން އަންހެނުންގެ އަތްތެރި މަސައްކަތް ދައްކުވައިދޭ މައުރަޒެއް ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.
"ހުބަސާނަ" ދާންދޫ އަންހެނުންގެ އަތްތެރި މަސައްކަތުގެ މައުރަޒު 2023, ބޭއްވުމަށް ހަމަޖެހިފައިވަނީ 10 މާރިޗް 2023 ވާ ހުކުރު ދުވަހުގެ ހަވީރު ދާންދޫ ބަނދަރު ސަރައްދުގައެވެ.
ހުވަދޫ ނޫހަށް މައުލޫމާތު ދެއްވަމުން ގއ ދާންދޫ ކައުންސިލް މެމްބަރ ނަސްރާ ޢަލީ ވިދާޅުވީ މި މައުރަޒުން އަންހެނުންގެ އުފެއްދުންތައް ފެނިގެންދާނެކަމަށާއި އެތަކެތި ގަންނަން ލިބެން ހުންނާނެ ކަމަށެވެ . އަދި މި މައުރަޒު ބައްލަވާ ލެއްވުމަށް ކައިރި ރިޒޯޓްތަކަށް ވަނީ ދައުވަތު ދެވިފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފޮޓޯ: ދާންދޫ ކައުންސިލް
މި މައުރަޒު ގެ ބޭނުމަކީ އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމާއި އުފައްދާ ތަކެތި ވިއްކުމުގެ ފުރުސަތު ހޯދައި ދިނުމެވެ.
ބަައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދާންދޫ ކައުންސިލާއި ކައުންސިލްގެ ހުރިހާ މުވައްޒަފުން ގުޅިގެން ދާންދޫގެ ހުރިހާ މުވައްސަސާތަކުގެ އަންހެން މުވައްޒަފުންގެ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ހެނދުނުގެ ނާސްތާއެއް މިއަދު ވަނީ ބާއްވާފައެވެ.
ފޮޓޯ: ދާންދޫ ކައުންސިލް
މިނާސްތާ ބާއްވާފައި ވަނީ ހެނދުނު 08:15ގައި ދާންދޫ ކައުންސިލް އިދާރާގެ ހޯލްގައެވެ. އަދި މި ނާސްތާގައި ދުވަހުގެ މުނާސަބަތާއި ގުޅިގެން ޚާއްސަ ކޭކްއެއް ފެޅުން އޮތެވެ. މިނާސްތާގައި ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނާއި ކައުންސިލް ގެ އިސް ވެރިން ބައިވެރިވެފައިވެއެވެ.
ދާންދޫ ކައުންސިލުން ވަނީ މި އަހަރުގެ ބަައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރަމުންދާ ކަންކަން އިންތިޒާމް ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ރެޒިޑެންސް މޯލްޑިވްސްއަށް ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާ ފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.