ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދާ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންސްގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާލެ އާއި ގުރައިދޫ ދާއިރާގައި މީހުން ދިރިއުޅޭ ތިން ރަށުގައިވެސް ކުރިއަށް ގެންދިޔައެވެ. ޕްރައިމަރީގައި ޝާޒްއާ އެކުގައި ހަތަރު މީހަކު ވާދަކުރިއެވެ. 1- މުހައްމަދު މުސްތަފާ، ވިވިޑް، ކ. މާފުށި - 66 ވޯޓު 2- ސަލްމާން ރަޝީދު، މާފަރިވާގެ، ކ. މާފުށި - 190 ވޯޓު 3- އިބްރާހިމް ޝާޒް، ފައިވްރޯޒް، ކ. ގުރައިދޫ - 311 ވޯޓު 4- އަބްދުﷲ ސައީދު، ވެލިގެ، ކ. ގުރައިދޫ - 15 ވޯޓު ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުންނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވާއިރު، އިންތިޚާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ މަހުގެ 23 ގައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތާއީދު ބޮޑު އެ ދާއިރާގެ ބައި-އިލެކްޝަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 15 ގައެވެ. އެ އިންތިހާބުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް، އެމްއެންޕީން އަދި އެމްޓީޑީން ވެސް ކެނޑިޑޭޓުން ނެރޭނެއެވެ. ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރައްވާނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއެވެ. އެމްއެންޕީގެ ޓިކެޓް ދީފައިވަނީ ގުރައިދޫގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަލީ އާރިފަށެވެ. އެމްޓީޑީން ވާދަކުރާނެ ކެންޑިޑޭޓެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.