1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޭނުންޖެހިފައިވާ 300 އާއިލާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު

330270704_927135991800316_5289800984856592756_n
ޝާމިން ސަޢީދު
476ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހާލުގައި ޖެހިފައިވާ 300 އަށް ވުރެ ގިނަ އާއިލާ އަށް ރޯދަ މަހު އެހީވުމުގެ ފުރުސަތު މޮމްސް އެއިޑް ޖަމިއްޔާއިން ހުޅުވާލައިފިއެވެ.

މަމްސް އެއިޑް ޖަމިއްޔާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ރަމާޟާން މަހަށް ހާއްސަކޮށް ނިކަމެތި އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދާ ކެމްޕޭން "ރަމަޟާން އެއިޑް" މިހާރު ފެށިފައިވާކަމަށެވެ.


300 × 250

"ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ އާއިލާ މިއަހަރުވެސް ވަނީ މަމްސް އެއިޑްގެ ކެއަރ ލިސްޓުގައި ރަޖިސްޓްރީ ކުރެވިފަ. މިއާއިލާތަކުގެ ތެރޭގައި އެކަނިވެރި މަންމައިންނާއި ބަފައިން، ހާއްސައެހީއަށް ބޭނުންވާ ކުދިން، ޔަތީމް ކުދިން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތައް ހިމެނޭ" މަމްސް ޖަމިއްޔާއިން ބުނެފައިވެއެވެ.

އެ އާއިލާތަކަށް އެހީގެ ޕެކޭޖުތައް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެ ޕެކޭޖުތަކަކީ:

  • 300 ރުފިޔާ - ތިން ދުވަހުގެ ރޯދަ ވީއްލުން
  • 500 ރުފިޔާ - ފަސް ދުވަހުގެ ރޯދަ ވީއްލުމަށް
  • 1،000 ރުފިޔާ - ތިން މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުން
  • 1،500 ރުފިޔާ - ފަސް މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުން

އެ ޖަމިއްޔާއިން ބުނެފައި ވަނީ އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ޓްރާންސްޕާ ކުރެވޭނެ ކަމަށެވެ. މޮމްސް ރުފިޔާ އެކައުންޓް :7730000294482 މޮމްސް ޑޮލަރު އެކައުންޓް :7730000294483 ފައިސާ ޑޮނޭޓް ކުރުމަށް ފަހު މޮމްސް އެއިޑްގެ ފޭސްބުކް ޕޭޖަށް ސިލިޕް ފޮނުވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި