"އިހެމުން'' ނަމުގައި ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުން އަދި ގދ އަތޮޅުގެ ހުރިހާ ސިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒުކޮށްގެން '' އިހެމުން '' ނަމުހައި ފެށި މި ޙާއްސަ ކެމްޕޭން އިފްތިތާހް ފަށާފައި ވަނީ ހޮސްޕިޓަލުގެ ގޯތިތެރޭގައި އެކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުގެ ޗެއަރ ޑރ ލައުޝާ މުޙައްމަދު އަދި ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއުއެވެ.
ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވީ މިއީ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކޮށް ބަލިމީހުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ޚިދުމަތް ލިބިގަތުމަށްޓަކައި ހޮސްޕިޓަލަށް ނުވަތަ މަރުކަޒަށް އަންނަ ބަލިމީހުންނާއި ރައްޓެހި މާހައުލެއްގައި ހިނިތުންވުމާއި އޯގާތެރިކަމާއެކު ފޯރުކޮށްދޭ ޚިދުމަތަކަށް ބަދަލުކުރުމުގެ މަގްސަދުގައި އިފްތިތާހްކުރެވުނު ޕްރޮގްރާމެއް ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.