މާލޭ ގެއެެއްގެ ފަސް ވަނަ ބުރިން ހަތަރު އަހަރު ކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގީ ރޭ 12:30 އެހާކަށް ހާއިރުގައެވެ. އެ ކުއްޖާ އަކީ ހ.ރޯޝަނީ މަގުގައި ހުންނަ އެސްޕީ ވިލާގެ 5 ވަނަ ފަންގި ފިލާގައި ދިރިއުޅެމުން ދިޔަ ކުއްޖެކެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލޭގެ ހެންވޭރު ގެއެއްގެ ފަސް ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 12:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ގޭގެ ފަސް ވަނަ ބުރިން ވެއްޓިފައި ވަނީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ އެތަނުން ވެއްޓެން މެދުވެރިވި ސަބަބެއް ނޭނގެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ އޭޑީކޭއަށް ގެންގޮސް ފަރުވާދޭން ފެށިތާ މާގިނަ އިރެއް ނުވަނީސްއެވެ.


إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،

މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން