ހެންވޭރު އިމާރާތަކުން މިރޭ މީހަކު ވެއްޓިއްޖެ އެވެ

މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މައުލޫމަތު ދެއެވެ. މީސްމީޑިއާގައި އާއްމުވެފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި އިމާރާތުން ވެއްޓިފައި އޮތީ އަންހެނެކެވެ. ވެއްޓިފައިވަނީ ދިވެއްސެއްކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

އޭނާ މިހާރު ވަނީ އަޖީއެމްއެޗްއަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ މަރުނުވާކަމަށް މަންޒަރު ދުށް މީހަކު މައުލޫމާތުދީފައިވެއެވެ.
މައުލޫމާތު ލިބޭގޮތުގައި އޭނާއަކީ ބަލި މީހެއްކަމަށާއި، އޭނާ އަމިއްލައަށް އެ އިމާރާތުން ފުންމާލީކަމަށް ބެލެވެއެވެ.

ފުލުހުން ގެންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.