އޭނާ އަށް ވެރިކަން ލިބިއްޖެނަމަ ހުރިހާ ގޭންގުތަކެއް ރޫޅާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުންނެވެ.
ޢުމަރު ނަސީރު ވިދާޅުވީ ޑްރަގްސް އާއި ގުޅިފައިވާ ވަރުގަދަ އެއް ކަމަކީ ގޭންގުތައް ކަމަށާއި ކޮންމެ ކަންމައްޗެއްގައި މިހާރު ބޮޑު ގޭންގެއް އޮންނަ ކަމަށެވެ. އަދި ގޭންގުތަކުން މީހުންނަށް ބިރު ދައްކާ، މަސްތުވާތަކެތި ވިއްކައި އަދި ކޮންޓްރެކްޓަށް ވަޅި ހެރުން ފަދަ ކަންކަން ކުރަމުންދާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ގޭންގުތަކުގައި އުޅޭ ކުދިން ސްކޫލްތަކުގެ ތެރެއަށް ވަދެ މުޅި ކްލާސްތެރެ އެއްކޮށް ހަލަބޮލިކުރަމުންދާ ކަމަށާއި މިކަން ހުއްޓުވަން ސްކޫލުތަކުގެ ވެރީންނަށް ސްކޫލްތަކުގައި އަހުލާގީ މިންގަނޑު ހިފެހެއްޓުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ދެއްވާނެ ކަމަށެވެ. އަދި ބެލެނިވެރީންނަށް ވެސް އެމީހުން ދަރިންގެ އަހުލާގު ބެލެހެއްޓުމަށް ދޭންޖެހޭ ހުރިހާ ބާރެއް އޭނާގެ ވެރިކަމުގައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.