މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ފާސްވީ ޖޭޕީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. އެހެން ކަމުން އިންތިޚާބު ގައި ޖޭޕީން ވާދަ ކުރާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިޚާބު ގައި ގާސިމް ވާދަ ކުރައްވަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ކޯލިޝަން ހެދުމާ ގުޅޭގޮތުން ގާސިމްއާ މަޝްވަރާކޮށްފައިވެ އެވެ. އެކަމާ ގުޅޭ މަޝްވަރާ އަށް ދާދިފަހުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ގާސިމްއާ ދާދިފަހުން ބައްދަލުކުރައްވާފަ އެވެ.
https://twitter.com/ahmed_nihan/status/1635634842951114752?s=46&t=YOMcM7x-FnT57_2QqFS_kQ
ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.