1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަންނަ ޖުލައިމަހު ހުވަދު އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށިގެންދާނެ: މިނިސްޓަރ

284574_e3857d5d-4_
މިނިސްޓަރ އަސްލަމް ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ
މުހައްމަދު އަޚްތަރު
466ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ ޖުލައިމަހުގައި ގއ. އަދި ގދ. ގައި އާރުޓީއެލްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ މި ސަރުކާރުގެ އުއްމީދަކީ އަހަރު ނިމުމުގެ ކުރިން މުޅި ދެކުނު އެއްކޮށް ގުޅާލުން ކަމަށެވެ.GDH_9917

އަސްލަމް ވިދާޅުވީ ވައިގެ ނިޒާމުގެ އިންފްރާސްޓްރަކްޗަރއާއެކު ދަތުރުފަތުރު ކުރާގޮތް ބަދަލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވައިގެ މަގުން އެއް އެއަރޕޯޓު އަނެއް އެއަރޕޯޓާ ގުޅުވާލެވި އޭގެ ތެރެއަށް އާރުޓީއެލްގެ ޚިދުމަތް އައުމުން ނިޒާމު ފުރިހަމަވީ ކަމަށާއި މި ސަރުކާރުން ރާއްޖެއާމެދު ކުރާ މި އުއްމީދު އަވަސް މުސަތުބަލެއްގައި ފުރިހަމަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


300 × 250
މިވަގުތު އެކަން ކުރަން ހުންނެވި މާލިމީއަކަށް ހުންނެވި ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަކީ އަޅުގަނޑު މިދެންނެވި ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ތަސައްވަރެއްއް އޮވެގެން، އެ ތަސައްވަރު ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކުރާ ބައެއް. - އަސްލަމް

އަސްލަމް ވިދާޅުވީ ދަތުރުފަތުރުން މުޅިރާއްޖޭގެ ރާއްޖެ ތަރައްގީ ކުރުމަށް ހާއްސަ ތަސައްވަރެއް ގެންގުޅޭ ކަމަށާއި އެ ތަސައްވަރު އެއްކޮށް އަދި ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށެވެ.


ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ފާއިތުވި އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެއީ ރާއްޖޭގެ ވެރިކަން ކުރި ބޭފުޅުންގެ ވިސްނުންފުޅުގެ ސަބަބުން އައި ބަދަލުތަކެއް ކަމަށާއި އެއީ އެ ވެރިން ރާއްޖެއާ މެދު ދެކުނު ތަސައްވަރު ކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމްކޮށް، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކޮށްފައިވެއެވެ. އަދި އައު ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ. މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި