1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްއައިބީން 24 ގަޑިއިރު ޑޮލަރު ނެގޭ އިތުރު އޭޓީއެމް ބަހައްޓައފި

CD0ACCD9-B3F5-4D94-A504-DBAA582E1BD0
މުހައްމަދު އަޚްތަރު
287ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އި ން 24 ގަޑިއިރު ޑޮލަރު ނެގޭ އިތުރު އޭޓީއެމް އިއްޔެ ބަހައްޓައފި އެވެ.

އެމްއައިބީން ބުނެފައި ވަނީ މާލޭގެ އޯކިޑްމަގުގައި ބަންޑާރަ މިސްކިތް ކުރިމަތީ ގައި ހުންނަ މއ ފާމުދޭރިގޭގައި ބަހައްޓާފައިވާ މި އޭޓީއެމުން އެމްއައިބީ ޑޮލަރު އެކައުންޓް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑޮލަރު ނެގޭނެ ކަމުގައެވެ. އަދި މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު، ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެކަމަށް ވެސް ބުނެފައި ވެއެވެ.

8920120D-7029-41B6-89B5-67AAC9E8782C

300 × 250

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑޮލަރު ޑޮލަރު އޭޓީއެމްތަކުން ކޮންމެ ކަސްޓަމަރަކަށް ދުވާލަކު 1،000 ޑޮލަރު ނެގޭއިރު މަހަކު ގިނަވެގެން ނެގޭނީ 5،000 ޑޮލަރެވެ. އަދި ދުވާލަކު ޖަމާ ކުރެވޭނީ 12،000 ޑޮލަރެވެ .

އެމްއައިބީ އޭޓީއެމްތަކުން ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވި ނަމަވެސް
ޑޮލަރު ނަގަން މި ވަގުތު ބޭނުންކުރެވޭނީ އެމްއައިބީ ޕްލެޓިނަމް ކާޑު އެކަންޏެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ވަނީ ގދ ތިނަދޫ، ކުޅުދުއްފުށި ސިޓީ ވިލިމާލޭގެ, ތިލަފުށި، މާލެ، ހުޅުމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ބ އޭދަފުށީ ގައި ފައިސާނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމް ތައް ބަހައްޓާފައެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި