1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް

BE0A078A-3D0E-4CBA-B7A2-5207B39080B3
މުހައްމަދު އަޚްތަރު
262ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ގދ ތިނަދޫ ،އަހުމަދު ގައިސް އައްޔަންކޮށްފިއެވެ.

އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް އަހުމަދު ގައިސް އައްޔަންކުރައްވާފައިވަނީ މިއަދުއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ގައި އެންމެ ފަހުން ހުންނެވިީއެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

300 × 250

ގައިސް މީގެ ކުރިން ހުންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް) ނައިބު ރައީސްގެ މަގާމުގައެވެ. ގައިސް ވަނީ ނިމިދިޔަ ޖެނުއަރީ މަހުގައި އެ މަޤާމުން އިސްތިއުފާ ދީފައިއެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދީފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ މަޤާމުން އިސްތިއުފާދިނުމަށްފަހު އޭނާ ވަނީ ރައީސް ޞޯލިހުގެ ކެމްޕެއިންގައި އަމަލީގޮތުން މަސައްކަތްކޮށްފައެވެ. ބްރޯޑްކޮމްއަށް އައްޔަންކުރުމުގެ ކުރިންވެސް ގައިސް އަކީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އޭނާއަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ ކޮއްކޮއެވެ.

ގދ، ތިނަދޫއަށް ނިސްބަތްވާ ގައިސް ވަނީ ގދ. އަތޮޅު ކައުންސިލްގެ މެމްބަރުކަންވެސް ކޮށްފައިއެވެ. ގައިސް ވަނީ އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސް ކަން ކުރައްވައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި