1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގިރިންދާ ގެ ކާމިޔާބު ދަތުރެއް މަޑަވެލި ހޯނޑެއްދޫ އަށް

15B13D4A-FFCE-48CF-BCBD-2E6A74DC494F
މުހައްމަދު އަޚްތަރު
523ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދު އަތޮޅު ގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދާދި ފަހުން ރަޖިސްޓަރީ ކޮށް ހިންގަން ފެށި ޖަމްޢިއްޔާ އެއް ކަމުގައިވާ "ގިރިންދާ" އިން ކާމިޔާބު ދަތުރެއް ގދ މަޑަވެލި އަދި ހޯނޑެއްދޫ އަށް ކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 3 ދުވަސް ވަންދެން ކުރި މި ދަތުރުގައި ބައިވެރިވީ ގިރިންދާ ގެ ރައީސް މުހައްމަދު ޖާވިދު އާއި ނާއިބު ރައީސް ހުސައިން އާދަމް އެވެ.
މި ދަތުރުގައި މަޑަވެލި ރަށުކައުންސިލް، މަޑަވެލި ސްކޫލް، މަޑަވެލި ސިއްޙީ މަރުކަޒު، ޑަބްލިއު.ޑީ.ސީ، ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެ 2 ރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއި އަދި
މަޑަވެލި އަދި ހޯޑެއްދޫގައި މިވަގުތު ދިރިއުޅެމުންދާ މަސްތުންސާފު 05 ކުދިންނާއި އެތަނުން 1 ކުއްޖެއްގެ ބެލެނިވެރިޔަކާއި، ހޯނޑެއްދޫ ރަށުކައުންސިލްގެ ބައެއް މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާ ކޮއްފައިވެއެވެ.

މަޑަވެލި އަދި ހޯނޑެއްދޫ ގައި ވަކި 2 ބައްދަލުވުމެއް ގޮތުގައި ކުރިޔަށް ގެންދިޔަ މަޝްވަރާ ތަކުގެ ތެރެއިން ހޯނޑެއްދޫ ގައި ކުރެވުނު މަޝްވަރާ :
• ފަރުވާ ނިންމާފައި ދާ ކުދިންނަށް، ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަށް ފަހިކޮއްދިނުން
• ފަރުވާއަށް ކުދިން ފޮނުވުމުގައި އާއިލާތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮއްދީ އެކަމަށް މަގުފަހިކޮއްދިނުން
• މިވަގުތު މަސްތުން ސާފުކޮއް ތިބި ކުދިންނަށް މަދުވެގެން ހަފްތާއަކު 01 ފަހަރު ކައުންސިލް މެމްބަރުން އެކުދިންގެ ހާލަތު ބެލުން
• ވައިބާރ ގްރޫޕެއް ތައާރަފްކުރުން( ކައުންސިލް މެމްބަރުންނާއި، ފުލުހުންގެ އިތުރުން މަސްތުން ސާފްކޮށް ތިބި ކުދިން ހިމެނޭހެން )
• ފޯކަލް ޕޮއިންޓެއް ޤާއިމްކުރުން

މަޑަވެލި ގައި ކުރިޔަށް ގެންދިޔަ މަޝްވަރާ ތައް :

300 × 250

• ފަރުވާ ނިންމާފައި ދާ ކުދިންނަށް، ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަށް ފަހިކޮއްދިނުން
• ފަރުވާއަށް ކުދިން ފޮނުވުމުގައި އާއިލާތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮއްދީ އެކަމަށް މަގުފަހިކޮއްދިނުން
• ވައިބާރ ގްރޫޕެއް ތައާރަފްކުރުން( ކައުންސިލް މެމްބަރުންނާއި، ފުލުހުންގެ އިތުރުން މަސްތުން ސާފްކޮށް ތިބި ކުދިން ހިމެނޭހެން )
• މަޑަވެލީގައި ފޯކަލް ޕޮއިންޓެއް ޤާއިމްކުރުން
• މަޑަވެލީގައި ޓާސްކް ފޯހެއް ޤާއިމްކުރުން
• މިވަގުތު މަސްތުން ސާފުކޮއް ތިބި ކުދިންނާއި ޓާސްކްފޯހުން ބައްދަލުކޮށް ހާލަތު ބެލުން (މަދުވެގެން ހަފްތާއަކު 01 ފަހަރު)
މީގެ އިތުރުން މަޑަވެލި ހޯނޑެއްދޫ ގައި މަސައްކަތްކުރާ ފުލުހުންނާއި ބައްދަލުކޮށް ވަނީ މަޝްވަރާ ކޮށް އެއްބަސްވުންތަކެއް ވަނީ ނިމިފައެވެ. އެގޮތުން :
• ގްރާމް ހަމަނުވާ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ ކުދިން، މުޖްތަމައުއަށް ދޫކޮއްލުމުގެ ބަދަލުގައި އެކުއްޖާއަށް ފަރުވާއަށް ދެވޭނެ އިންތިޒާމް (ޑިޓޮކްސް ފަރުވާއަށް) ހަމަޖައްސައިދިނުން
• ފަރުވާ ނިންމާފައިދާ ކުދިން ގާތުން މޮނިޓަރ ކުރުމުގެ މަސައްކަތުގައި އިސްކޮއް ފުލުހުން ހަރަކާތްތެރިވެދިނުމަށް
• މަޑަވެލި އަދި ހޯނޑެއްދޫގައި، ޓާސްކް ފޯހެއްގާއިމްކުރުން ހިމެނެއެވެ

ގިރިންދާ ގެ މި ދަތުރުގައި ހޯނޑެއްދޫއިން 12 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވެއެވެ. އަދި އައިލާތަކުގެ ކަންބޮޑުވުންތަކާއި ފަރުވާއަށް ކުދިން ފޮނުވުމުގައި އަމަލުކުރަންޖެހޭ ގޮތް ގިނަ އާއިލާތަކަށް ނޭގޭކަން އާއިލާތަކުން ހިއްސާކޮއްފައިވެއެވެ. ގިރިންދާ އިން ވަނީ ފަރުވާއަށް ކުދިން ފޮނުވުމުގައި އަމަލުކުރާނެ ފަސޭހަ ގޮތްތަށް އާއިލާތަކަށް އޮޅުންފިލުވައިދެވިފައެވެ. އެގޮތުން ފުލުހުންގެ އެހީތެރިކަމާއި އެކު އެ ކުދިންގެ ފޯމްތަށް ފުރައި ގދ. ތިނަދޫ ޑިޓޮކްސް ސެންޓަރަށް ފޮނުވައިދެވޭނެކަން އާއިލާތަކަށް ހިއްސާކުރެވިފައިވެއެވެ.

DF4E8F72-0979-4E20-9496-72283133A37B

ގިރިންދާ ޖަމިއްޔާގެ މި ދަތުރުގައި މަޑަވެލީ ގެ 14 ގޭ ބީސީ އަކަށް ޒިޔާރަތް ކުށް، މަސްތުން ސަލާމަތް ވާން ބޭނުންވާ ހަތަރު ކުއްޖަކު ގދ ތިނަދޫ ޑިޓޮކްސް ސެންޓަރުގެ ފަރުވާއަށް ގެނެވިފައިވާނެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި