މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަމުންދާ މައްސަަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ އިދާރާ ގެ ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ) ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން ހާޒިރުކުރެވޭ ހައިސިއްޔަތަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް/ މައުލޫމާތު ސާފުކުރުމަށް ކަމަށްވެސް ފުލުުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން ހާޒިރުވާން ޖެހެނީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2023 އޭޕްރީލް 13 ވަނަ ދުވަހުގެ 14:00 އަށެވެ.
.