އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރު އަކީ ހިންގުތެރި އިހުލާސްތެރި، ހިތްތިރިކަމުގެވެސް އަދިވެސް އެތައްގޮތަކުން ލާމަސީލު ނަމޫނާއެއް ކަމަށް ގދ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވެއްޖެއެވެ.
ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިޕޯސްޓާ ގުޅިގެން "ހުވަދޫ"ނޫހުން ފައިޒަރުއާ ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އަމްރުއާ ބެހޭ ގޮތުން ވިދާޅުވެފައިވާ އެވާހަކައަކީ ހަގީގަތުގައިވެސް ތެދެއްކަމަށެެވެ. އަމްރުއަކީ ސިޔާސީ ފިކުރަށް ބެލުމެއްނެތިވެ އެކުވެރިކަން ދެމެހެއްޓި ހުލްޤު ހެޔޮ މިތުރެއް ކަމަށެވެ. ހާއްސަގޮތެއްގައި އެސްޓިއޯ އަށް ދުވަހަކު ނުގެނެވޭހާ ކުރި އެރުމާއި އާމްދަނީ އިތުރު ކޮއްދެއްވި ޚިދުމަތްތެރި އަމާނާތްތެރިއެއް ކަމަށްވެސް ފިޔޯރީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކޮވިޑް ގެ ނާޒުކު ހާލަތުގައި ކައުންސިލްތަކާ ވަރާށް ގާތުން މަސަައްކަތް ކުރެއްވި އިހުސާންތެރިއެއް ކަން ފާހަގަކުރައްވައި ފައިޒަރު ވިދާޅުވީ އަމްރުއަކީ ފިޔޯރީ ގައި އަޅަމުންދާ ހިނަވާގެ އަށް އެސްޓީއޯ ގެ ސީއެސްއާރު ދަށުން ބޮޑެތި އެހީތެރިކަން ވެދެއްވި ބޭފުޅެއް ކަމަށެވެ. ހަމައެހެންމެ ފާމަސީތަކުން ބޭސް ލިބުމަށް ފަސޭހަ އިމްތިޒާމުތަކެއް ރާވާ ދެއްވި ކުޅަދާނަ ހިންގުން ތެރިއެއް ކަމަށެވެ.
"ޖުމްލަ ގޮތެއްގައި ބުނާނަމަ ބުނެވޭނީ އަމްރުއަކީ ޖެހިލުމެއް ނެތިވެ ކުރާ ކޮންމެ ކަމެއްގަ ސާބިތުވެ ހުންނަވާ ހިއްވަރުގަދަ ފަހުލަވާނެކޭ." ފައިޒަރު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.