ކުރިއަށް އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފޯމު ހުށަހަޅުއްވައިފި އެވެ.
ޖޭޕީގެ އަސާސީ ގަވައިދު އިސްލާހުކޮށް ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށް ކުރިމަތިލެވޭ ގޮތަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީގެ ރިޔާސީ ޕްރައިމަރީ ފުރުސަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ވަނީ ހަމަވެފަ އެވެ.
މިހާރު ވެސް އޮތީ މިވަގުތު ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގަ އޮތް ޖޭޕީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ އެ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުގަ އެވެ.
ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.
https://twitter.com/jpsecretariat/status/1641338448035577857?s=46&t=YOMcM7x-FnT57_2QqFS_kQ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.