1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގެ އެއްވަނަ އަށްދާ ހުށަހެޅުމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް!

Newss
ހުވަދޫ ނިއުސް ޓީމް
763ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގެ އެއްވަނަ އަށްދާ ހުށަހެޅުމަށް 10،000 ރުފިޔާގެ ފައިސާގެ ދިނުމަށް ނިންމައިފިއެވެ. ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" އިން ފަނޑިޔާރުންގެ %75 މާރކްސްއާއި، ފޭސްބުކް ޕޯސްޓް ރިއެކްޓްގެ %25 ޕަސެންޓު ހިމަނައިގެން މުބާރާތުން އެއްވަނަ އަށްދާ ހުށަހެޅުމަށް 10،000 ދިނުމަށް ނިންމާފައިވާ އިރު، 2 ވަނަ އަދި ތިންވަނަ އަށް ހުށަހެޅުމަކަށްވެސް ފައިސާގެ އިނާމް ދިނުމަށް ވަނީ ނިންމާފައެވެެ.


ހުވަދޫ މީޑިއާއިން މުޅި ރާއްޖެއަށް ހުޅުވާލައި އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މަދަހަ ޗެލެންޖަކީ އިސްލާމީ ފިކުރުތަކަށާއި، ކީރިތި މާތް ނަބިއްޔާގެ މައްޗަށް ދިވެހިންގެ ހިތްތަކުގައި ލޯބި އުފައްދާ، ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށާއި މަދަޙަ ކިޔުމުގެ ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، މަދަހަ ކިޔުމުގެ ފަންނުވެރިން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިއީ ހުވަދޫ މީޑިއާ އިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފަނޑިޔާރުންނަކީ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑައިއްބެ)، އަދި މަރިޔަމް އަޝްފާއެވެ. https://twitter.com/NewsHuvadhoo/status/1640621026680664065?s=20 "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" އަކީ ވާރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތުން މަދަޙަ ކިޔުމަށް ފަހު ހުވަދޫ މީޑިއާ އަށް ފޮނުވާ މަންޒަރާއި އަޑުގެ ރިކޯޑިން ހުވަދޫ މީޑިއާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރެވިގެންދާނެއެވެ.

300 × 250

މަދަޙަ ފޮނުވުމަށް : https://t.me/Huvadhoo (ޓެލެގްރާމް : 9334888)

މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެއް މަދަހައެވެ. އަދި ބައިވެރިން ހުށަހަޅާ މަދަހަ ކިޔަންވާނީ މިއުޒިކާ ނުލައެވެ. އެެހެންނަމަވެސް ޤުދުރަތީ އަޑުތައް (ރާޅު ޖަހާއަޑު, ދޫނިގޮވާ އަޑު, ވައިޖެހޭ އަޑުފަދަ) ރެކޯރޑް ކޮށްގެން ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ހުށަހަޅާ ރިކޯރޑިންގައި އަދި ރިކޯޑް ކުރުމަށް ފަހުގައިވެސް މަދަޙަ ކިޔުންތެރިޔާގެ ރިކޯޑިންގް އަށް (އިކޯ އަދި ރިވާބް) ފިޔަވާ އިތުރު އެއްވެސް އެޑިޓެއް ގެނެސްފިނަމަ އަސްލާއި ޚިލާފު ހުށަހެޅުމެއް ކަމަށް ނިންމާ މުބާރާތުން އެ މަދަޙައެއް ޑިސްކޮލިފައިކުރެވޭނެއެވެ. "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ވަނަތައް ހޮވާނީ އިންސާފު ކުރުމަށް ކަނޑައެޅިފައިވާ 3 ފަނޑިޔާރުންގެ މާކުސްގެ %75 ގެ އިތުރުން ފޭސްބުކް އިން ޙިއްސާ ކުރެވިފައިވާ އެ ވީޑިއޯ އަކަށް ލިބޭ ރިއެކްޓްގެ %25 ހިމަނައިގެންނެވެ. މަދަހަ މުބާރާތުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ފޮނުވަން ޖެހޭ ވީޑިއޯ އާއި މަޢުލޫމާތު (ނަން، އެޑްރެސް، ރަށް، އައިޑީ ކާޑު ނަންބަރ، ފޯނު ނަންބަރު) ފޮނުވުމުންނެވެ. ހުވަދޫ މަދަޙަ ޗެލެންޖް 1444 އާއި ބޭހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9111164 ނުވަތަ 9195071 އަށް ގުޅުއްވުން އެދެމެވެ.


މުބާރާތުގެ  : ހުވަދޫ މަދަޙަ ޗެލެންޖް 1444 ގެ ޤަވާއިދު މަދަޙަ ފޮނުވުމަށް ލިންކް : (ފިއްތާލާ)  ނުވަތަ ޓެލެގްރާމް ނަންބަރު : 9334888

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި