ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) "އާބަންކޯ" އަށް ރީބްރޭންޑް ކޮއްފިއެވެ.
އެޗްޑީސީ ރީބްރޭންޑް ކުރިކަން އިއުލާންކުރީ އެ ކުންފުންޏަށް 22 އަހަރު ފުރުމާ ގުޅިގެން ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރީބްރޭންޑް ކުރެވުމާއެކު އެ ކުންފުނީގެ އޮފީހުގެ ލޯގޯ އާއި ހުޅުމާލޭގައި ހުންނަ އެ ހެޑްއޮފީހުގެ ލޯގޯ އާއި ނަންވެސް ވަނީ އާބަންކޯ އަށް ބަދަލުކޮށްފަ އެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މި ބަދަލު ގެނައުމުގެ މަގުސަދަކީ ރައްޔިތުންނަށް އިތުރު ފުރިހަމަ ހިދުމަތް ދިނުމާއެކު ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ކުންފުނި ރީބްރޭންޑް ކުރީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް އެ ކުންފުނިން ބުނެ އެވެ.
https://twitter.com/hdcmaldives/status/1642224453193957376?s=46&t=YOMcM7x-FnT57_2QqFS_kQ
ރޭގަ ބޭއްވުނު ހަފްލާގައި ރީބްރޭންޑިންއާއި އެކު ކުންފުނީގެ އާ މޯބައިލް އެޕްލިކޭޝަން، އާބަންކޯ އެޕްވެސް މިއަދު ވަނީ ލޯންޗްކުރެވުނެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކުންފުނީގެ ހުރިހާ ހިދުމަތެއް ފަސޭހައިން ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
އެޗްޑީސީގެ ނަމުގައި ވަކި ޔުނިޓެއް 2001 ވަނަ އަހަރު އެންމެ ފުރަތަމަ އުފެއްދީ ރައީސް އޮފީހުގަ އެވެ. އެޗްޑީސީގެ ބެލުމުގެ ދަށުގައި ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރި ވެސް އެބައޮތެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.