އާބަންކޯ އިން ޤަވައިދުން ކުލި ދައްކަމުންދާ ބޭފުޅުންނަށް ހާއްސަކޮށް ހުޅުވާލެވޭ ލަކީ ޑްރޯއެއް ތައާރަފްކޮއްފިއެވެ.

ހުޅުމާލޭގެ ސޯޝަލް ހައުސިންގަ ދިރިއުޅުއްވާ ރައްޔިތުންނަށް ހާޢްސަކޮށްގެން މިއަދު އިއުލާން ކުރެވުނު މި ލަކީ ޑްރޯގައި ނަސީބުވެރި ދެފަރާތަކަށް ކޮންމެ ތިން މަހުން އެއް މަހު އުމްރާ ދަތުރެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބެއެވެ. ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތަކީ ޤަވާޢިދުން 6 މަސް ދުވަހު ކުލި ދައްކާ ފަރާތެއްކަމުގައިވުމެވެ. އަދި ކުލި ނުދެއްކި ގިނަ ދުވަސްވެފައި ވާ ފަރާތްތަކަށް ވެސް އަލުން ޤަވާއިދުން ކުލިއް ދައްކަވައިގެން މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ.

އެޗްޑީސީ ރީބްރޭންޑް ކުރެވުމާއެކު އެ ކުންފުނީގެ އޮފީހުގެ ލޯގޯ އާއި ހުޅުމާލޭގައި ހުންނަ އެ ހެޑްއޮފީހުގެ ލޯގޯ އާއި ނަންވެސް މިހާރު ވަނީ އާބަންކޯ އަށް ބަދަލުކޮށްފަ އެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މި ބަދަލު ގެނައުމުގެ މަގުސަދަކީ ރައްޔިތުންނަށް އިތުރު ފުރިހަމަ ހިދުމަތް ދިނުމާއެކު ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ކުންފުނި ރީބްރޭންޑް ކުރީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް އެ ކުންފުނިން ބުނެ އެވެ.
ރޭގަ ބޭއްވުނު ހަފްލާގައި ރީބްރޭންޑިންއާއި އެކު ކުންފުނީގެ އާ މޯބައިލް އެޕްލިކޭޝަން، އާބަންކޯ އެޕްވެސް މިއަދު ވަނީ ލޯންޗްކުރެވުނެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކުންފުނީގެ ހުރިހާ ހިދުމަތެއް ފަސޭހައިން ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
އެޗްޑީސީގެ ނަމުގައި ވަކި ޔުނިޓެއް 2001 ވަނަ އަހަރު އެންމެ ފުރަތަމަ އުފެއްދީ ރައީސް އޮފީހުގަ އެވެ. އެޗްޑީސީގެ ބެލުމުގެ ދަށުގައި ތިލަފުށި، ގުޅީފަޅު އަދި ކުޑަގިރި ވެސް އެބައޮތެވެ.