1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ގެ 3 އެތުލީޓުންނާއެކު އައިއޯއައިޖީ ޤައުމީ ސްކޮޑް އެކުލަވާލައިފި

DD674422-0A26-42B1-8E93-195E6A3B4FEE
މުހައްމަދު އަޚްތަރު
994ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި އަހަރުގެ އޮގަސްޓް މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަން  ސްކޮޑް ގައި ގދ ތިނަދޫ ގެ 3 އެތުލީޓުން ހިމަނައިގެން އެކުލަވާލައިފި އެވެ.

ރިލޭ ޓީމާއި، އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ސްކޮޑުގައި 100 މީޓަރުގެ ސްޕްރިންޓަަރުންގ އަދި ރިލޭ ގައި ހިމެނޭ ތިނަދޫ 3 އެތުލީޓުން ނަކީ ނުޖޫމް ޙަސަން ، ޢިބާދުﷲ އާދަމް އަދި ނާހިލް ނިޒާރް އެވެ.

މަޑަގަސްކަރައިގައި މި އަހަރުގެ އައިއޯއައިޖީ އޮންނާނީ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. މި ގޭމްސްގައި މިހާތަނަށް ރާއްޖެއިން އެންމެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ އެއް ކުޅިވަރަކީ އެތުލެޓިކްސް އަށްވާ އިރު ދިވެހި ސްކޮޑް ގައި ބައިވެރިވާ ތިނަދޫ އަށް ނިސްބަތްވާ ދުވުންތެރިންނަކީ މިހާރުވެސް ދިވެހި ޤައުމީ ޓީމުގައި ހިމެނޭ އެތުލީޓުންނެވެ.
ޢިބާދުﷲ އާދަމް މި ވަގުތު ދަނީ ސަރުކާރުގެ ސްކޮލަރޝިޕެއްގައި ޖެމައިކާގައި ތަމްރީނު ހަދަމުންނެވެ. ނާހިލް ނިޒާރް ތިނަދޫ ޕޫލް ގައި ތަމްރީނު ހަދަމުން ދާއިރު ނުޖޫމް ޙަސަން ދަނީ ނެޝަނަލް ޓީމާއި އެކު މާލޭގައި ތަމްރީނު ހޯދުމަށްނެވެ.

300 × 250

43B62922-4AD0-48E9-B1EE-FF9B92FC87B6އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް އަށް އެކުލަވާލި ފިރިހެން ސްކޮޑުގައި ހިމެނޭ 15 ދުވުންތެރިން

ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނޭ 15 ފިރިހެން ދުވުންތެރިންނަކީ ހަސަން ސާއިދު، އިބާދުﷲ އާދަމް، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު މިންހާލް ޝާމިން، ހުސައިން ޒީކް ސުއާދު، އަހުމަދު ނަޖުދާން އަބްދުﷲ، ޒިއުޒް މުހައްމަދު ސުއާދު، ނުޖޫމް ހަސަން، އާދަމް ރިފްއަތު، ހުސައިން ރިޒާ (ކުޑަ ރިޒާ)، އަހުމަދު ވިސާމް، ހުސައިން ފަޒީލް ހާރޫން (ފްލޭޝް)، މުހައްމަދު އިރުފާން، އަބްދުއްރަޝީދު އިސްމާއިލް (ރައްޓު) އަދި ޔޫސުފް އިބްރާހިމް އެވެ.

84373E56-3E6B-4437-95FF-F2BF16E5160Cއިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް އަށް އެކުލަވާލި އަންހެން ސްކޮޑުގައި ހިމެނޭ 12 ދުވުންތެރިން

އައިއޯއައިޖީއަށް އެކުލަވާލި އަންހެން ސްކޮޑުގައި ހިމެނެނީ 12 އަންހެން ދުވުންތެރިންނެވެ. އޭގެ ތެރޭގައި މިވަގުތު ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އައިޝަތު ހިމްނާ ހަސަން އާއި މަރިޔަމް ރޫޔާ އަލީ ހިމެނެ އެވެ. ދެން ހިމެނެނީ ޒިވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، އަހުނާ ނިޒާރު، އާމިނަތު ލަޔާނާ މުހައްމަދު، މަރިޔަމް އަލްހާ ހުސައިން، އައިޝަތު ޝަބާ ސަލީމް ހައްވާ މުޒުނާ ފާއިޒު، އާމިނަތު ޖައިޝާ ޖުނީޒް، މަރިޔަމް އަބްދުލްކަރީމް އަދި ސަމްހާ އަހުމަދު އެވެ. މީގެ ތެރެއިން ގިނަ އަންހެން އެތުލީޓުން އަންނަނީ އިންޑިއާ އިން ދިން ފުލްޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި ބައިވެރިވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި