ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ދޫކޮށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.
އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް އާއި، ޑެޕިއުޓީ ޗެއާޕާސަން އިބްރާޙީމް ވަހީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އެ ޕާޓީގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައީސް ޞާލިހުގެ ފެކްޝަނުގެ މެންބަރުންގެ ހާޒިރުގައެވެ.
https://twitter.com/mdpsecretariat/status/1642820667006672897?s=46&t=YOMcM7x-FnT57_2QqFS_kQ
އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކޮށްލާފައި މިވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން ޕާޓީގެ ބައެއް މެންބަރުން ޕާޓީ ދޫކޮށްލަމުންދާ ދަނޑިވަޅެއްގައެވެ.
އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީއަށް ނިސްބަތްވާ މަޖްލިސް މެންބަރުންގެ އަދަދު 67 އަށް އަރާނެއެވެ. ނަމަވެސް މި 67 މެންބަރުންގެ ތެރެއިން އެއްބައި މެންބަރުންނަކީ ސަރުކާރާއި ދެކޮޅު، "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެންބަރުންނެވެ.







ޚިޔާލު (1)
އިންތިހާބު ނިމިގެން ބޭޢްވި ވިކްޓްރީ ޕާޓީ ނިންމާލާފައި ދިޔަ ގޮތަށް ބަހަބަރު ވި މީހެއް ތިއީ. ސިމްކާޑުވެސް ބިންދާލާފައި ކައްދޫ ޖެޓީ މަތިން މޫދަށް އެއްލާލި. އައު ނަންބަރެއް ގެންގުޅެނީވެސް. އަނެއްކޮޅުން އިންތިހާބަށް 6 މަހަށްވީމާ ގޮނޑިގަނޑު ވިއްކާލީ.