މޯލްޑިވްޑިވިިއަން ޑިމޮކްރަޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝިދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނަށް ތާއިދު ކުރައްވާ މެމްބަރުންނާއި މެދު ފިޔަވަޅު އެލުމާއި މެދު އެމްޑީޕީ ޕީޖީ މެމްބަރުން މެދުގައި މަޝްވަރާކުރުމަށް މާދަމާ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ފިކުރެއްގެ ދިރުން' ފެކްޝަނުންގެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕީޖީ ގްރޫޕަށް ގަރާރެއް ހުށަހަޅާފައިވަނީ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.
މަޖްލިސް މެމްބަރު މުޣުނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި އެވެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް އެކި ގަރާރުތައް ހުށަހަޅައި، ކޮމިޓީތަކުގައި ވެސް އެ ރޫހުގައި ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.އަދި އެ ހަރަކާތުގައި ބައިވެރިވާ ބައެއް މެމްބަރުންނަކީ، އެމްޑީޕީގެ ފަރާތުން ކޮމިޓީތަކަށް ހަމަޖައްސާފައިވާ މެމްބަރުން ކަމާއި ބައެއް މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް ތިއްބެވި ކަމަށް މުޣުނީގެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.