ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ފަރާތުން އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް ކުޑަކުދިންގެ މަރުކަޒު "ފިޔަވަތި" އަށް ހަދިޔާކޮށްފި އެވެ.

މީގެ ކުރިން ވެސް އެކި ފަރާތްތަކަށް ތަފާތު އެހީ ތައްވެ ދެމުންދާ ބީއެމްއެލްގެ މުވައްޒަފުން ވަނީ "މުޖުތަމައަށް ހެޔޮ ބަދަލެއް" ގެނެއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން ބޭނުންކުރާނެ ސާމާނާއި ފޮތް ހަދިޔާކުރުމަށް ވަރަށް އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެ ގޮތުން، ކިޔެވުމާ މަޢުލޫމާތު ހޯދުމަށް ބޭނުންވާ ވާހަކަ ފޮތްތަކާ ، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސް ގެ އިތުރުން ޕަޒްލް ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

https://twitter.com/bankofmaldives/status/1643143482612281344?s=46&t=YOMcM7x-FnT57_2QqFS_kQ

އާކް އެއިޑް ޕްރޮގްރާމަށް ވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފައިވާ ބީއެމްއެލް ގެ މުވައްޒަފުން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި 3 އަހަރުގެ ރަމަޟާން މަހު ވެސް އެހީ ދީފައެވެ.
މީގެ އިތުރުން ފާއިތުވި އަހަރުގެ ރަމަޟާން މަހު ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މަމްސް އިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންފޯރުކޮށްދީފި އެވެ.