މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކުންފުނިން އަލަށް ގަނެފައިވާ ޖަޒީރާ 103 މަސް ގަންނާނީ ރާއްޖޭގެ ދެކުނު އަތޮޅު ތަކުން ކަމަށް އެ ކުންފުނިން ބުނެ ފިއެވެ
މިފްކޯއިން ބުނީ ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ބޯޓު ބޭނުންކުރަން ފެށޭވަރު ވާނެކަމަށެވެ.
މިފްކޯގެ އާ ބޯޓު "ޖަޒީރާ 103″ ތައްޔާރު ކޮއްފައި ވަނީ ދެ ކްރޭން ހަރުކޮށް ދެފަރާތުން ވެސް މަސްކިރޭ ގޮތަށެވެ.
މިފްކޯ އިން މައުލޫމާތު ދިން ގޮތުގައި މި ބޯޓުން ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ރައްކާކޮށް ފިނިކުރެވޭނެއެވެ. ،އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި ބޯޓެއް ކަމުގައެވެ
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ޖަޒީރާ 103 ބޯޓާއިއެކު މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށާއި މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދެކުނުގައި ކަމަށާއި މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމާއިއެކު ދުވާލަކަށް މަސް ކިރޭ މިންވަރު މި ބޯޓާއިއެކު ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމަށެވެ.
މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކުންފުނިން މިފްކޯ އިން މިއަދު ގެނައި ބޯޓަކީ ކުންފުނިން ގެންނަ 4 ބޯޓުގެ ތެރެއިން އެއް ބޯޓެވެ.
https://twitter.com/mifcomv/status/1643876231086219265?s=46&t=YOMcM7x-FnT57_2QqFS_kQ
މިފްކޯ އިން މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިސްރާބު ޖެހި ހިއްސާބަކީ ރާއްޖޭގައި މަސްވެރިކަން ކުރުމަށް ބޮޑެތި ދޯނި ފަހަރު ބަނދެ ބާނާ މަހުގެ ޢަދަދު މިފްކޯ ގެ ކެޕޭސިޓީ އަށް ނުތަކާ ހިސާބަށް ގޮސް މަސްވެރިން ގެ ޕްރެޝަރު ބޮޑުވި ހިސާބުންނެވެ.
ޖަޒީރާ 103 ދެކުނުގައި ހަރަކާތްތެރިވާން ފެށުމުން މަސްވެރިންނަށް ވަރަށް ގިނަ ފަސޭހަތަކާ ފައިދާ ލިބިގެން ދާނެ އެވެ.
ޚިޔާލު (1)
4 ދުވަހުގެ މަސް . ކަމަކު ނުދޭ ބޭކަަރު