ހިމާޔަތް ކޮއްފައިވާ ދޫނިތަކެއް ވަގަށް ބޭރުކުރަން އުޅުނު އިތުރު ދިވެއްސަކު ތައިލެންޑުން އިއްޔެ ހައްޔަރުކޮށްފި އެވެ.
"ދަ ނޭޝަންތައިލެންޑް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ދިވެއްސަކު ހައްޔަރުކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އަންނަން ވެގެން ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ.
ޚަބަރު ތައް ބިނާ ގޮތުން އޭނާ އަތުން ހިމާޔަތް ކޮށްފައިވާ 25 ދޫންޏެއް ފެނިފައި ވަނީ ދަތުރު ކުރަމުން ގެންގުޅުނު ދެ ލަގެޖުންނެވެ.
އޭގެ ތެރޭގައި ބްލެކް ކައިޓްސް، ބަފީ ފިޝް އައުލް ފަދަ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭންޑް އިން އެންޑޭންޖާޑް ސްޕީސީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޮރާ (ސައިޓްސް)ގެ ލިސްޓުގައި ހިމެނޭ ދޫނިތައް ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
https://twitter.com/thenationth/status/1643474308562583552?s=46&t=YOMcM7x-FnT57_2QqFS_kQ
މިމައްސަލާގައި ހައްޔަރުކުރި މީހާއަށް ދައުވާ ކުރަން ވަނީ ނިންމައިފައިވާ އިރު ސައިޓްސް ލިސްޓުގައި ހިމެނޭ ދިރޭތަކެތި ވަގަށް ބޭރުކުރަން އުޅުމަކީ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ކުށެއް ކަމަށް ތައިލެންޑުގެ ގާނޫނު ބުނެއެވެ.
ސައިޓްސްއަކީ ދުނިޔޭގައި ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކުގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމަށް ހަދާފައިވާ މުއާހަދާއެކެވެ. އެ މުއާހަދާގައި ރާއްޖޭންވެސް ބައިވެރިވެފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.