ނ. މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުމުރުން 62 އަހަރުގެ އެ އަންހެން މީހާގެ ހަބަރެއް ނުވެގެން މިއަދު އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ރިޕޯޓުކުރި ކަމަށެވެ.

އެ ރިޕޯޓު ލިބުމުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު، ކޮޓަރިތެރޭ ބިންމަތީގައި އަންހެން މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ވަނީ އެ ރަށުގައި ހަރަކާތްތެރިވާން ފެށާފައެވެ.