ޕިކަޕެއް ގަރާޖެއްގެ ތެރޭގައި ޕާކު ކުރަން އުޅުމުގެ ތެރޭގައި ފާރަކާއި ޕިކަޕު ދޭތެރޭގައި ތާށިވެ ރ. މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް އަބްދުﷲ މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ, މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު ޕިކަޕްގެ ފަހަތުގައި ހުރި މީހެއް ގައިގައި ޕިކަޕުން ޖެހި އެކްސިޑެންޓެއް ހިންގައުގެންނެވެ. މިއަދު މެންދުރު ހިގި އެ ހާދިސާގައި އަނިޔާވި މީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މަޑުއްވަރީ މީހުން ބުނީ މި ކަން ހިނގާފައިވަނީ ޕިކަޕު ޕާކު ކުރަންވެގެން އުޅުމުގެ ތެރޭގައި ދުވަން އިން ޑްރައިވަރަށް އޮޅިގެން ސްޕީޑަށް ފިތާލެވިގެން ކަމަށެވެ.
https://twitter.com/homeministrymv/status/1645034725462118400?s=46&t=YOMcM7x-FnT57_2QqFS_kQ
"ޕިކަޕު ގެ ގިޔަރު ފަހަތަށް ޖެހުނު އިރު އެސްޖީ އަސްލަމް ހުންނެވީ ޕިކަޕު ފަހަތުގަ. އެހެން ހުއްޓައި ޕިކަޕު ޑްރައިވަރަށް އޮޅިގެން ސްޕީޑަށް ފިތާލެވުނީމަ އަސްލަމް ފާރާއި ޕިކަޕާ ފާރާ ދޭތެރޭ ތާށި ިވީ" މަޑުއްވަރީ މީހަކު ކިޔައިދިނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަސްލަމް ނިޔާވީ އެ ހާދިސާ ގައި ފައި ބުރިވެގެން ލޭ މަނާ ނުވެގެން ނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.