ވަގު ސްލިޕެއް ބޭނުން ކޮށްގެން 530 ރުފިޔާގެ ވިޔަފާރިކުރި މީހަކު 2 އަހަރާއި 4 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ، ފޭކު ޓްރާންސްފާ ސްލިޕެއް ބޭނުންކޮށްގެން ވިޔަފާރި ކޮށްފައި ވަނީ "އިކްއިކްސް އެކްސްޕްރެސް" ކިޔާ ފިހާރަ އަކުންނެވެ.

ޝަރީޢަތުގެ މަޖިލީހުގައި އެ ބަސް ވެފައިވާ މި ވައްކަމުގައި, ފިހަރާއިން އޭނާ ނެގީ ފަސް ސޮސެޖު ޕެކެޓާއި ހަ ބޯންލެސް ޗިކެން ޕެކެޓެވެ.
އެ މުދަލަށް އެރި ޖުމްލަ 530 ރުފިޔާ ނަގުދު ފައިސާއިން ދެއްކުމުގެ ބަދަލުގައި ޓްރާންސްފާ ކުރާނެ ކަމަށް ބުނެ ދައުވާ ލިބޭ މީހާ ދެއްކީ ފޭކު ސްލިޕެކެވެ.
ވަގު ޓްރާންސްފާ ސްލިޕް ބޭނުން ކޮށްގެން ވިޔަފާރި ކުރުމަކީ މިހާރު ރާއްޖޭގައި އާންމު ވަމުން އަންނަ ކަމެކެވެ. ޚާއްޞަ ގޮތެއްގައި ބިދޭސީން ތިބޭ ކުދި ވިޔަފާރި ކުރާ ތަންތަނުން މިފަދަ ފޭކް ޓްރާންސްފާ ސްލިޕް ދެއްކުން ވަރަށް ގިނަ ކަން ފާހަގަ ކުރެވެއެވެ.