1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

6 ބާވަތެއްގެ ގޮވާމުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ

CDF79DE8-1011-48A1-B69E-0C6A1EA3439D
މުހައްމަދު އަޚްތަރު
347ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގޮވާމުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން އެފުރުސަތު ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.

ގޮވާމުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން އެފުރުސަތު ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

300 × 250

މިނިސްޓްރީން ނެރުނު އިޢުލާނުގައި ބުނެފައިވަނީ ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އެފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ގޮވާމުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން މާލެ ސިޓީގައި ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ގައި ކަމަށާއި . ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުން ކުރައްވާނެ ގޭޓަކީ، ކުރީގެ ދަރުމަވަންތަ ސްކޫލްގެ އަމީރު އަޙްމަދު މަގުގައިވާ މައި ގޭޓު ކަމަށްވެސް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

https://twitter.com/mviaffairs/status/1645039075110551553?s=46&t=YOMcM7x-FnT57_2QqFS_kQ

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
ހެނދުނު 10:00 އިން 12:00 އަށް
މެންދުރުފަހު 13:00 އިން 15:15 އަށް
ރޭގަނޑު 21:00 އިން 22:30 އަށެވެ.
ރާއްޖޭގެ ގިނަ ރަށް ތަކުގައި ވެސް ވަނީ ގޮވާމުން ފިޠުރު ޒަކާތް ދިނުން ފުރުސަތު ހުޅުވާލައިފައެވެ. ހުރިހާ ރަށެއްގައި ވެސް ޒަކާތް ދެއްކުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ރަށު ކައުންސިލަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި