އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ އުމުރުން 81 އަހަރުގެ ބެސްޓްފްރެންޑްސް ކަމުގައިވާ އެލީ ހެމްބީ އާއި ސެންޑީ ހޭޒްލިޕް 80 ދުވަސް ތެރޭ ދުނިޔެވަށާ ދަތުރުކޮއްފި އެވެ. އެލީ އަކީ ޑޮކިއުމެންޓަރީ ފޮޓޯގްރާފަރެކެވެ. އަދި ސެންޑީ އަކީ ފިޒީޝަންއެއްގެ އިތުރުން ލެކްޗަރ އެކެވެ. 80 ދުވަސްތެރޭ ނިންމި މިދަތުރު މިދެ އެކުވެރިން ފެށީ ބާލިންނެވެ. އަދި ނިންމާލީ މިސުރަށެވެ. 81 އަހަރުގެ ދެ މާމަމެން ލިޔެފައިވާ ދަތުރު ބްލޮގްގައި ވާ ގޮތުން މި ދަތުރު ފަށާފައިވަނީ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. ދަތުރުގެ ފުރަތަމަ މަންޒަލަކަށް ވެގެން ދިޔައި އެންޓާރޓިކާ އެވެ. ދުނިޔޭގެ އެންމެ ދެކުނުގައިވާ ބައްރަށް ދިޔުމަށްޓަކައި ފުރަތަމަ ހުރަސް ކުރަން ޖެހުނީ ދެކުނު އެމެރިކާ އާއި އެންޓާޓިކާގެ ދެކުނު ޝެޓްލޭންޑް އައިލެންޑްސް ދެމެދުގައިވާ ޑްރޭކް ޕެސެޖްގެ ގަދަ ކަނޑެވެ.
"ޑްރޭކް ޕެސްޖް ހުރަސް ކުރި ދެ ދުވަސް ހޭދަ ކުރަން ޖެހުނީ ގަދަ ކަނޑުގަ ފުރާނަ އަތަށްލަގެން" ސީއެންއެން އަށް ދިން އިންޓަރވިއުގައި ހެމްބީ ބުނެލިއެވެ.

ހެމްބީ ބުނިގޮތުގައި އެންޓާރޓިކާގައި ފައިތިލަ ހަމަ ކުރެވި އެންޓާޓިކާގެ ރީތިކަން ފެނި އެ ގަދަ ކަނޑުގައި ކުރެވުނު ބިރުވެރި އިހުސާސްތައް ހަނދާން ނެތުނެވެ. ދުނިޔޭގެ 7 ބައްރުގެ 18 ގައުމަކަށް ފުރަތަމަ ވެންޗާރގައި އެލީ އާއި ހެމްބީ ދަތުރުކޮއްފައިވެ އެވެ. އާއްމުކޮށް އެއްވައްތަރު ޓީޝާޓް ލައިގެން ދަތުރުކުރި މި ދެމާމަމެންގެ ދަތުރުތައް " ޓްރެވެލިންގ ގްރޭނީސް" ގެ ނަމުގައި ޓިކްޓޮކް، އިންސްޓަގްރާމް އަދި ފޭސްބުކުގައި ވަނީ ޝާއިރުކޮއްފައެވެ.

އެލީ ބުނިގޮތުގައި ދެމީހުން އެކީ ދަތުރު ކުރުމުގެ ހިޔާލު ފުރަތަމަ ކޮއްފައިވަނީ އުމުރުން 80 އަހަރުވުމުގެ އަހަރުތަކެއް ކުރިންނެވެ. 2022 އަހަރު ފުރަތަމަ ދަތުރު ކުރަން ނިންމި ނަމަވެސް ކޮވިޑްގެ ސަބަބުން ދަތުރު ނުކުރެވުނީ ކަމަށް އެލީ ބުންޏެވެ. ނަމަވެސް ކޮވިޑްއަށް އިތުރަށް ބެލުމެއް ނެތި މި އަހަރު ދަތުރު ފެށީކަމުގައިވެސް އެލީ ބުނެލިއެވެ. ހެމްބީ އާއި އެލީގެ މި ދަތުރުތައް އެދެމީހުން ހާއްސަ ކޮއްފައިވަނީ އެދެމީހުންގެ ނިޔާވެފައިވާ ފިރިންނަށެވެ. އެމީހުންގެ ވެބްސައިޓްގައި އެ ވާހަކަ ޝާއިރު ކޮށް " ވަރަށް ހަނދާން ވާ ކަމަށާއި މި ދަތުރުގައި ބައިވެރިވާން ހުރިނަމަ އޭ" ލިޔެފައިވެއެވެ. ނިމި ދިޔަ 3 މަހުގައި އެލީ އާއި ހެމްބީ ވަނީ މިސުރުގައި ޖަމަލު ދުއްވާ، ބާލީގައި އެތާ ދިމާވެ، ނޭޕާލުގައި ނަށާ އަދި ފިންލޭންޑްގެ މަޝްހޫރު ނޮދަރން ލައިޓްސް ބަލާފައެވެ.

ބައިނަލްއަޤްވާމީ ދަތުރު ކުރުމުގައި ގޮންޖެހުންތައް ދިމާވި ކަމުގައިވައިސް އެއްވެސް އަރައިރުންވުމެއް ނެތި މި ދެ އެކުވެރިންވަނީ ދަތުރު ނިންމާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.