1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ﷲ ގެ އިސްމުފުޅު އިން މަސް މަރާނުލާ އިޙްތިރާމާ އެކު ކަނޑަށް ދޫކޮށްލި : ކުޑަރިކިލި ރުޝްދީ

805B30E8-BA07-4E10-A1EE-FBD58543CE43
ހުވަދޫ ނިއުސް ޓީމް
1,285ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބ.ކުޑަރިކިލަށް ނިސްބަތްވާ ދޯންޏަކުން މަހަށް ދިޔަ މީހަކު ބޭނި މާނިޔާ މަހެއްގެ ބޮލުން ﷲ ގެ އިސްމުފުޅު ފެނިއްޖެއެވެ.

ބ.އަތޮޅު “ރޯޔަލް ހާ“ އޭ ކިޔާ ސަރަހައްދުން މި މަސް ބޭނި އަޙްމަދު ރުޝްދީ ބުނީ ﷲ ގެ އިސްމުފުޅު ފެނުމުން އެ މަސް މަރައިލަން ބޭނުންނުވި ކަމަށާއިއިހުތިރާމުކުރުމުގެ ގޮތުން އެ މަސް ކަނޑަށް ދޫކޮށްލީ ކަމަށެވެ.

މަހުގެ ބޮލުގެ މަތީ ފަރާތުގައި ﷲ ގެ އިސްމުފުޅު ލިޔެވިފައިވާ މަސް ބޭނީ އިއްޔެ މެންދުރު 13:15 ހާއިރުއެވެ.

300 × 250

ރުސްދީ އަށް މި މަހުގެ ބޮލުގެ މަތިން ﷲ ގެ އިސްމުފުޅު ފެނިފައިވާ ތަން ފެނުނީ މަސް ބޭނުމަށް ފަހު ބުޅި ނައްޓަން އުޅުމުގެ ތެރޭގައެވެ.

މި މަސް ބޭނި ރުޝްދީ ބުނެފައި ވަނީ މަހުގެ ބޮލުން ﷲ ގެ އިސްމުފުޅު ފެނުމާއިއެކު އެ ގަޑީގައި އެހެންކަހަލަ އިހްސާސެއް ކުރެވުނު ކަމަށާއި މަސް މަރާލާކަށްބޭނުމެއް ނުވި ކަމަށެވެ އިހްތިރާމް ކުރުމުގެ ގޮތުން އަޅުގަނޑުމެން އެ މަސް ކަނޑަށް ދޫކޮށްލީ ކަމަށް ރުސްދީ ބުންޏެވެ.

ރުސްދީ ވަނީ އެ މަހުގެ ފޮޓޯ ސޯޝަލް މީޑިއާ ގައި ހިއްސާކޮށްފައެވެ. ފޮޓޯތަކަށް ބަލާލުމުން މާނިޔާ މަހުގެ ބޮލާއި ދިމާލުމަތިން ﷲ އިސްމުފުޅު ވަރަށް ސާފުކޮށްފެނެއެވެ. މި ފޮޓޯ ވަނީ ވަރަށް ގިނަ ބަޔަކު ބަލާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި