ހަ މަސް ދުވަހުގެ ތެރޭގައި، މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް ހައި ކޯޓުން އަމުރު ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް މި ފައިސާ ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާ ގުޅިގެންކަމަށާއި އެއީ ކުށް ކޮށްގެން ހޯދި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ވެސް ދައުލަތަށް ނެގުމަށެވެ.
ރައީސް ޔާމީންގެ ފަރާތުން އެކަން ފާހަގަކޮށް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު ވަކީލުން ފާހަގަކޮށްފައިވަނީ އަސްލު މައްސަލައިގެ ހުކުމް ކުރުމަށްފަހު އެ ހުކުމް ފުރިހަމަ ކުރުމަށް ނުވަތަ އެ ހުކުމަށް އުނި އިތުރެއް ގެނައުމަށް އިތުރު ހުކުމެއް ކުރުމަކީ ގާނޫނު ދަންނަ ކެމެއް ނޫން ކަމަށެވެ. ދައުލަތަށް ދިފާއުން ފާހަގަކުރި މައިގަނޑު ނުކުތާއަށް އެކަށީގެންވާ ރައްދެއް ދެވިފައި ނުވާ ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބުނެފައެވެ. އަދި ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް އަމުރު ކޮށްފައެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުންގެ ރިޔާސަތުގައި ފަނޑިޔާރު މުހައްމަދު ފައިސަލް އިންނެވި އިރު ދެން ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބަނާޒް ފަހުުމީއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.