ރާއްޖޭގެ ރަށެއްގައި ހެދި ފުރަތަމަ އައުޓްޑޯ ހޭންޑްބޯޅަ ކޯޓްގެ މަސައްކަތް ޑީއެމްއެން ކޮމްޕެނީ އިން ނިންމާލައިފިއެވެ.
ގދ ތިނަދޫ ސްޓޭޑިއަމް ގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އިން ތަރައްޤީ ކުރި އައުޓްޑޯ ހޭންޑްބޯޅަ ކޯޓްގެ މަސައްކަތް ޑީއެމްއެން ކުންފުނިން ނިންމާ މިނިސްޓްރީ އާއި ޙަވާލު ކުރުމުން މިހާރު މިނިސްޓްރީއިން ވަނީ އެތަން ވަނީ ތިނަދޫ ކައުންސިލާއި ޙަވާލު ކޮށްފައެވެ.
މި މަސައްކަތާ ގުޅިގެން ޒުވާނުންގެ ވަޒީރު އަހުމަދު މަޙްލޫފް ވިދާޅުވީ ގދ ތިނަދޫ ގައި ތަރައްޤީ ކުރެވުނު އައުޓްޑޯ ހޭންޑްބޯޅަ ކޯޓަކީ ރާއްޖޭގެ ރަށެއްގައި ހެދި ފުރަތަމަ އައުޓްޑޯ ހޭންޑްބޯލް ކޯޓު ކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރާއްޖޭގެ ކުޅިވަރަށް އިންޤިލާބީ ބަދަލެއް ގެނެސް ދެއްވާފައި ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.