ގދ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް އެޅުމަށް 18 ބިމެއް ގެސްޓްހައުސް ހިންގުމަށް ދޫކުރުމަށް ނިންމާ އިޢުލާން ކޮށްފިއެވެ.ބިމުގެ ބޮޑުމިނުގައި 10،000 އަކަފޫޓްގެ ގެ މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިންނަށެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން އާއްމުކޮށްފައިވާ އިއުލާނެއްގައި އިއްޔެ ބުނެފައިވަނީ، ފަރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 26 ވާ ބުދަދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން ތަރައްޤީކުރި ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ވާހަކަ ދައްކަވަމުންރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހަންމަދު ރިޒްވީ ވަނީ، ފަރެސްމާތޮޑާ އެއާޕޯޓަކީ ހަމައެކަނި 1200 މީޓަރުގެ ތާރުގަނޑެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެއާޕޯޓް ކައިރީގައި އެކި ކަންކަމަށް ބޭނުން ކުރެވިދާނެ ގުދުރަތީ މުއްސަނދި ކަން ހުރި ބިން އެބައޮތް ކަމަށެވެ.މީޑިއާ ތަކައް މައުލޫމާތު ދެއްވަމުން ރިޒްވީ ވިދާޅުވެފައި ވަނީ ރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ތަރައްޤީ ކުރުމަށް ހުޅުވާލި މި ފުރުސަތާއިއެކު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޓޫރިޒަމް ދާއިރާއިން ކުރިއަށްދިޔުމަށް ފަހިވެގެންދާނޭކަމަށެވެ.ފަރެސްމާތޮޑާ ހުޅުވާފައިވަނީ ނިމިދިޔަ މާޗްމަހުގެ 15 ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.