މީގެ ތިން އަހަރު ކުރިން ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މައްސަލައިގައި ދައުވާކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމް އިއްވާފައި ވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނާ ހަވާލާދީ އެވެ. އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަން މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ އެ ގޮތަށް ގާސިމްގެ ވާރިސުން ވެސް އެދިފައިވާތީ އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި މި ވަގުތު ތިބި ގާސިމްގެ ފަސް ދަރިން ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ހެކިބަސްދީފަ އެވެ.
ޓެކްސީ ޑްރައިވަރު ގާސިމަށް ހަމަލާދިނީ ގަސްތުގައި ނޫން ކަމަށާއި އެކަން ކުރީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް އަދުހަމް ބުނި ނަމަވެސް އޭނާ އެދުވަހު އަމިއްލަ އިހްތިޔާރުގައި މަސްތުވެގެންހުރީ އަމިއްލައަށް ކުރެވޭ އަމަލުގެ ނަތީޖާ ވިސްނައި ނުގަނެވޭ ހާލަތެއްގައި ނޫންކަން، އަދުހަމް ކުށް ކުރުމުގެ ކުރިން އަދި ފަހުން އަމަލުކުރި ގޮތުން އިނގޭ ކަމަށްވެސް ޙުކުމް ގައި ގާޒީ ފާހަގަކުރައްވާފައިވެއެވެ. އަދި ތަހުގީގީ މަރުހަލާގައި އަދި ޝަރީއަތުގައި އަދުހަމް، ގާސިމަށް ހަމަލާދިން ގޮތް އެކި ފަހަރު އެކި ގޮތަށް ސިފަކޮށްދިން ނަމަވެސް އެ ހުރިހާ ފަހަރެއްގައި ވެސް ހަމަލާދިން ވަޅި އޮތީ އަދުހަމްގެ އަތުގައި ކަމަށާއި ގާސިމްގެ ކަރަށް ވަޅި ހެރީ އަދުހަމްގެ އަތުންކަން އިނގޭ ކަން ވެސް ގާޒީ ފާހަގަ ކުރައްވާފައިވެއެވެ.

މި މައްސަލައިގައި އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދައުލަތުގެ ގާނޫނީ ވަކީލު ވަނީ އަދުހަމްގެ މައްޗަށް ގާނޫނުގައި ވާ ގޮތަށް މަރުގެ އަދަބު ކަނޑައަޅައި ދިނުމަށް އެދިފައެވެ. މި މައްސަލައިގައި އަދުހަމްގެ ވަކީލު ވަނީ އޭނާ ކުރި ކުށަށް އިއުތިރާފު ވެފައި ވާކަން ފާހަގަކޮށް އަދުހަމްގެ ފަރާތުން އެދެނީ މައާފް ދިނުން ކަމަށް ވިދާޅުވެފައެވެ.

އަދުހަމްގެ އިއުތިރާފުގެ އެއްބަސްވުމުގައި ބުނީ ޑިސެމްބަރު 31، 2019 ގައި ހުޅުމާލޭގައި ވަޅިން ހަމަލާދީ ގާސިމް މަރާލީ ކުލި ދައްކަން ފައިސާ ނެތިގެން ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ.