މާދަމާއިން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ. ކުނިމެނޭޖު ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ޙަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ޙަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ވާނެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި. ވިޔަފާރި ޙަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ދޫކުރާ އިންވޮއިސް ނުވަތަ ރަސީދުގައި، އެ ފަރާތުން ކަސްޓަމަރުގެ އަތުން ނެގި ޕްލާސްޓިކް ކޮތަޅުގެ ފީގެ މިންވަރު ވަކިން އެނގޭނެހެން ހިމަނަންވާނެއެވެ. ޕްލާސްޓިކް ކޮތަޅުގެ ފީއިން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ “ގުޑްސް އެންޑް ސަރވިސަސް ޓެކްސް” މުވަތަ ޖީއެސްޓީއެއް ނުނެގޭނެއެވެ.

https://twitter.com/MIRAmaldives/status/1647837625712259072?s=20
މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކާ ފައިސާ ޖަމާކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ “މޯލްޑިވްސް ގްރީން ފަންޑް” އަށެވެ. ގާނޫނުގެ ދަށުން ފީ ނެގުން އިސްތިސްނާވާ ޕާލާސްޓިކް ކޮތަކަކީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުންނާއި، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނަރ” އިން ފީއެއް ނުނެގޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.