ޤުރުއާން ހިފްޒު ކުރަމުން ގެންދާ ޔަތީމު ކުދިންނަށް މަދަދު ވެރި ވާން ލިބޭ ފުރުޞަތަކީ ބުނެދެން ނޭނގޭ އެތަކެއް އުފާވެރި އިހްސާަސްތަކެއް ކުރިމަތި ކުރުވާ ކަމެކެވެ."މަދަދު" ޕްރޮގްރާމްގައި ބައިވެރިވެ އެހީތެރިވެ ދިނުމުގެ ފުރުޞަތު މާތްالله ވާގިފުޅާއިއެކު ޚިދުމަތް ޖަމްޢިއްޔާ އިން ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ.
މަދަދު ޕްރޮގްރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ހިންގާ ޕްރޮގްރާމެކެވެ.
މަދަދު ޕްރޮގްރާމްގައި ބައިވެރިވުމަށް ތިރީގައި މިވާ އެކައުންޓް ނަމްބަރު ޚިޔާރުކުަރައްވާށެވެ!
ބޭންކްގެ ނަން : ބީއެމްއެލް އިސްލާމިކް
އެކައުންޓްގެ ނަން : ޚިދުމަތް
އެކައުންޓް ނަމްބަރު (ރުފިޔާ): 7770000129941
އެކައުންޓް ނަމްބަރު (ޑޮލަރު) : 7770000129942
އަސްލު އެހީއަކީ ތިޔަ އެންމެ ބޭފުޅުން (ސުންނަތާއި އެއްގޮތަށް އިޚްލާސްތެރިކަމާއި އެކު ސިއްރުން) ވެދެއްވާ އެހީއެވެ. ޙިދުމަތް ޖަމްޢިއްޔާ އަކީ ހަމަ އެކަނި އަމާނާތް އޭގެ ހައްޤުވެރިންނަށް ފޯރުކޮށްދޭ ވަސީލަތެކެވެ. މާތްﷲ ތަޢާލާ ތިޔަ އެންމެ ބޭފުޅުންގެ ހެޔޮ އަމަލުގައި ބަރަކާތް ލައްވާށި! އާމީން.
"މަދަދު" ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދެވޭނޭ ކަންތައްތަކުގެ ތެރޭގައި:
- ޔަތީމުންނަށާއި ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނު
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުން
- މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
- ބޯހިޔާވެހިކަން ދަތިވެފައިވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުން
- ބޯފެނަށް ދަތިވެފައިވާ ފަރާތްތަކަށް ދާއިމީ ގޮތެއްގައި ބޯފެން ލިބޭނެ އިންތިޒާމު ކޮށްދިނުން
- ތައުލީމަށް ދަތިވެފައިވާ ހިސާބުތަކަށް އެކަމުގެ ނިޒާމެެއް ގާއިމް ކޮށްދިނުން
= އިތުރު މައުލޫމާތު ހޯއްދެވުމަށް 7353339 ނަމްބަރަށް ގުޅުއްވާ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.