ހަސަން ކުރުސީގެ ނަމުގައި ޓްވިޓާ ހޭންޑެލް ހިންގަމުންދާ މީހެއް ހޯދުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ ޓްވިޓާ އެކައުންޓުން މީގެ ކުރިން ކުރި ބައެއް ކަހަލަ ޓްވީޓްތަކާ ގުޅިގެން ވެސް ނަޝީދު ވަނީ އެއީ ޖިސްމާނީ ގޮތުން އެމަނިކުފާނު ނޫން ކަމަށް ވިދާޅުވެފައެވެ.

7 ހާސް ފޮލޯވަރސް އިންނަ ޙަސަން ކުރުސީގެ އެކައުންޓް ހިންގަމުންދަނީ ރައީސް ނަޝީދު ނުވަތަ އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

https://twitter.com/mohamednasheed/status/1648215991934124033?s=46&t=YOMcM7x-FnT57_2QqFS_kQ
ޙަސަން ކުރުސި އާ ގުޅޭ ގޮތުން ރައީސް ނަޝީދު އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީ އެމަނިކުފާނު މިއަދު ވަނީ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.